މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (އިޢުލާން)

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ނަންބަރު: (IUL)13-K1/13/2016/227 ބީލަން ހުށަހެޅުމުގެ ދަޢުވަތު މާލޭ އިންޑަސްޓްރްރިއަލް ވިލެޖުގައި ލޮޖިސްޓިކްސް ބިލްޑިންގ ތަރައްޤީކުރުމުގެ މަޝްރޫޢު 1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕްރީފެބްރިކޭޓަޑް ލޮޖިސްޓިކްސް ބިލްޑިންގތަކެއް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2016/134 އިޢުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ، ކަމުގެ ޤާބިލިއްޔަތުކަން ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ 20،309 އަކަމީޓަރުގެ ސަރަހައްދެއްގައި ޕްރީފެބްރިކޭޓަޑް އުސޫލުން ހެދުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކްސް ބިލްޑިންގތަކުގެ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑިޒައިން ހެދުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ. 3. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ޑިސެންބަރު 2016 އިން 28 ޑިސެންބަރު 2016 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތުގެ ސޮފްޓު ކޮޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑުރެހަށެވެ. 5. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 500,000.00 (ފަސް ލައްކަ) ޔޫ.އެސް.ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 218 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. 6. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 180 ދުވަހެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރީގައެވެ. ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އަމީނީމަގު، މާލެ، ދިވެހިރާއްޖެ ޓެލެފޯން: 9603349107, 9603349125 ފެކްސް: 9603320706 އީ މެއިލް:tender@finance.gov.mv fathimath.rishfa@finance.gov.mv 21 ޑިސެންބަރު 2016

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު