އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާނަ ބަސަންދު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފާނަ ބަސަންދު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

މި ހިނގާ ޑިސެމްބަރ މަހު އައްޑޫސިޓީގައި ފާނަބަސަންދު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން އިލްތިމާސް އިލްތިމާސްކޮށްފިއެވެ.

މި ހިނގާ ޑިސެމްބަރމަހުގެ މިހާތަނަށް ފާނަ ބަސަންދު ޖެހިގެން 6 މީހަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވެއެވެ. އަދި އަމިއްލަ ކުލިނިކަކުން އެކަކު ފަރުވާ ހޯދައިފައިވެއެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވެފައިވަނީ އަހަރަށް ބަލާއިރު ޑިސެމްބަރ މަހުގައި ވަނީ ފާނަ ބަސަންދު ޖެހުނު މީހުންގެ އަދަދު ތަންކޮޅެއް އިތުރުވެފައި ކަމަށެވެ. އެހެންކަމުން އެކަމަށް އެންމެންވެސް ސަމާލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ސަމާލުވުމަށް އެދި ހޮސްޕިޓަލުންވަނީ އިއުލާނެއްވެސް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު