ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 4 އަމާޒުކޮށްފައިވަނީ ބުދު ދީނަށް: ބެލެނިވެރިން

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 4 އަމާޒުކޮށްފައިވަނީ ބުދު ދީނަށް: ބެލެނިވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

މިއަހަރު ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 4 ގެ ސޯޝަލް ސްޓަޑީޒް ފޮތް އެކުލަވާލާފައިވަނީ ދަރިވަރުންނަށް ބުދު ދީން ނުވަތަ ބުދިޒަމް ކިޔަވައިދިނުމަށް ކަމަށް ބައެއް ބެލެނިވެރިން ބުނެފިއެވެ. ބެލެނިވެރިން މިއަދުނޫހާއި ހިއްޞާކުރި ފޮތުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

މިއަދުނޫހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ ގްރޭޑް ،1 ،2 3 ކްރިސްޓިއަން ދީނަށް ޚާއްޞަކޮށްފައިވާއިރު ގްރޭޑް 4 ޚާއްޞަކޮށްފައިވަނީ ބުދު ދީން ފެތުރުމަށް ކަމަށެވެ. އެފޮތުގައި ހުރި ތަކެތި ކިޔަވައި ކުރަންޖެހޭ މަސައްކަތްތައް ދަރިވަރުން ކޮށްފިނަމަ ދަރިވަރުންގެ ސިކުނޑި މުޅިން ބަދަލުވެގެން ދާނެ ކަަމަށް ޤަބޫލުކުރާ ކަަމަށެވެ. އިސްލާމް ދީނާއިމެދު ބޮޑެތި އޮޅުންތަކެއް އަރާނެ ކަމަށެވެ.

ބެލެނި ވެރިން ބުނީ އެމީހުންގެ އަތްމައްޗަށް މިފޮތްތައް އަރައި ސްކޫލުގެ ފޮރުވިފައިވާ މަޤްޞަދު މިއެނގުނީ ސްކޫލް ހުޅުވެން އެންމެ ދެ ތިން ދުވަހަށް ކައިރިވެފައިވަނިކޮށް ކަމަށާއި އެމީހުން ދެން އަޅަންޖެހޭ ފިޔަވަޅަކާއިމެދު ކަންބޮޑުވާ ކަމަށެވެ.

"މިކަންކަމުގައި ހައްލެއް ޙޯއްދަވައި ދެއްވޭނީ ހަމަ އެޑިޔުކޭޝަން މިނިސްޓަރަށް. އަޅުގަނޑުމެން ބޭނުމެއް ނޫން މިތަކެތި އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭކަށް."

ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅަކަށް ބިލަބޮންގ ސްކޫލުގައިވެސް ކިޔަވައިދިން ކަމަށެވެ. "އެސްކޫލުގެ ފޮތްތަކުގައިވެސް ހުރޭ ކޮންމެވެސް ވަރަކަށް މިފަދަ ތަކެތި. ނަމަވެސް މިހައި ބޮޑަކަށް ނޫން ހުންނަނީ. ކުދިންގެ ވިސްނުން ދޮވެލެވޭނެ ފެންވަރަކަށް ނޫން ހުންނަނީ. މި ފޮތްތަކުގައި މިއޮތީ މިކަން ހައްދުފަހަނައަޅައިފަ. އަޅުގަނޑު ހަމަ ބިރުގަނޭ،"

އެހެން ބެލެނިވެރިއަކު ބުނީ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ މި ފޮތްތައް ކިޔަވައިދީފި ނަމަ ދަރިވަރުންގެ އަޤީދާ އަށް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި މިއީ އޮތް ވަރަށް ބޮޑު ބިރެއް ކަމަށެވެ. "ރައްޔިތުން މިސަރުކާރު ގެނައީ ވެސް އިސްލާމް ދީން ހިމާޔަތްކުރަން. ރައީސް ޢަބްދުﷲ ޔާމީންގެ އެންމެ ބޮޑު ވައުދުފުޅަކީވެސް އިސްލާމް ދީން ހިމާޔަތްކޮށްދެއްވުން. އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދެއްވުން. އެކަން އެމަނިކުފާނު އެގެންދަވަނީ ތަކުރާރު ކުރައްވައި ހާމަކުރައްވަމުން. އެހެންވީމާ އަޅުގަނޑުމެން އުންމީދު ކުރަނީ އެޑިޔުކޭޝަން މިނިސްޓްރީން މިކަން ހައްލުކޮށްދެއްވާނެ ކަމަށް. ނޫން ނަމަ އަޅުގަނޑުމެންނަށް މަޖުބޫރުވާނީ މިކަން ގެނެވުނު ގޮތަކުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުން. އަދި ސީދާ އެމަނިކުފާނުގެ އެހީފުޅަކަށް އެދުން."

މިއަދުނޫހަށް މައުލޫމާތު ދިން ބެލެނިވެރިން އެދެނީ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ރާއްޖޭގައި ހިންގާ ސްކޫލުގައި ކިޔަވައިދޭން އެކަށީގެންވާ ފޮތްބައެއް ގެންނަންދެން ރާއްޖޭގެ ސްކޫލުތަކުގައި މިހާރު ކިޔަވައިދޭ ފޮތްބައިން ކިޔަވައިދިނުމަށެވެ.

ބެލެނިވެރިން ބުނީ ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ސްކޫލުން އަމިއްލައަށް އެއްވެސް ބަދަލެއް ގެނެސްދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. "ސްކޫލުން އަދިވެސް ވާހަކަ ދައްކަނީ މިކަންކަން ދިފާއުކޮށް. މިއީ އެއްވެސް މައްސަލައެއް ނޫންކަމަށް ހަދައިގެން ވާހަކަ ދައްކަނީ. އެކަމަކު އަޅުގަނޑުމެން މިތިބީ އިންތިހާއަށް ކަންބޮޑުވެފަ." ކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް