ރާއްޖޭގަ ވިއްކާ ސްޓޯބަރީން އާދައާ ޚިލާފު ފޮނެއް އަރަނީ ކީއްވެ؟ މިއީ ޞިއްހަތަށް ފައިދާކުރާ ފޮނެއްބާ!

ރާއްޖޭގަ ވިއްކާ ސްޓޯބަރީން އާދައާ ޚިލާފު ފޮނެއް އަރަނީ ކީއްވެ؟ މިއީ ޞިއްހަތަށް ފައިދާކުރާ ފޮނެއްބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ޚަބަރުގައިވާ ފޮޓޯ އިން ތިއަ ފެނިވަޑައިގަންނަވަނީ މިދިއަ ބުދަ ދުވަހު އަމިނީ މަގު ލޯކަލް މާރުކޭޓުން ގަނެފައިވާ 2 ފޮށި ސްޓޯބަރީއެވެ.
އެދުވަހު ގަތީ 3 ފޮށްޓެވެ. މީރު އެއްޗަކަށްވާތީ އެދުވަހުން އެދުވަހަށް އެއް ފޮށި ކައި ހުސްކޮށްލީއެވެ. ބުރާސްފަތި ދުވަހު މަސައްކަތް ހުރިގޮތުން ސްޓޯބަރީ ކާން ހަނދާނެއް ނެތެވެ. ހަނދާންވީ މިއަދު ހެނދުނުއެވެ.

މިއަދު ހެނދުނު ހަނދާންވެގެން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ފޮށީގެ ބޮޑުބައެއް ފުރިފައި މިހުރީ އާދައާ ޚިލާފް ފޮނަކުންނެވެ.

މި 2 ފޮށި ބަހައްޓާފައި ހުރީ މިއަދުނޫހުގެ އިދާރާގައި އަޅުގަނޑުގެ ކެބިންގައެވެ. ދުވާލުގެ ގިނަ ވަގުތުތަކުގައި އޭސީ ވެސް ހުންނަނީ ޖައްސާފައެވެ. ދެ ފޮށި ބަހައްޓާފައި ހުރީ އޭސީ ގެ ފިނިކަންވެސް ފުރިހަމައަށް ލިބޭ ހިސާބުގައެވެ.

ތަރުކަރީ އާއި މޭވާ ކުނިވެފައި ހުއްޓާ ފެނެއެވެ. ނަމަވެސް މިފަދަ ފޮނުގަނޑެއް އަރާފައި ހުއްޓާ ހަޔާތުގައި ވެސް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

މިފޮނުގަނޑަކީ ހަށިގަނޑަށް ފައިދާހުރި ފޮނު ގަނޑެއްކަން ނުވަތަ މި ފޮނުގަނޑު އަރާފައި އެވަނީ ސްޓޯބަރީ ހައްދަން ބޭނުންކޮށްފައިވާ ނުރައްކާތެރި ކެމިކަލެއްގެ ސަބަބުންކަން ބަލައިދިނުމަކީ ކަމާއިބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ. ނޭޝަނަލް ހެލްތް ޕޮރޮޓެކްޝަން އެޖެންސީގެ މި ޒިންމާ އުފުލައި މިކަމަށް ބަހެއް ބުނާނެ ކަމަށް އުންމީދުކުރަމެވެ.

ސްޓޯބަރީ މިދުވަސްކޮޅު އިންތިހާއަށް އަގުހެޔޮކަމުން ގެންނަވަރަކަށް އެދަނީ ވިކި ހުސްވަމުންނެވެ. މާލޭގެ އިތުރުން ރާއްޖެތެރެއަށްވެސް އެހައި ބައިވަރު ގެންދެއެވެ. އެހެންކަމުން ރާއްޖެ މިގެންނަ ސްޓޯބަރީއަކީ ކެއުމަށް ހަމަ އެންމެ ރަނގަޅު އެޗެއެއްކަން އެޗްޕީއޭ އިން ކަށަވަރުކޮށްދީފިނަމަ އެކަމުގެ ސަބަބުން ގިނަ ބައަކަށް ހިތްހަމަޖެހުން ލިބޭނެ އެވެ. އަދި ވިކޭ އަދަދުވެސް އިތުރުވާނެއެވެ.

އެޗްޕީއޭ އިން އެކަންކޮށްދެންދެން ސްޓޯބަރީ ކެއުމާއި ދުރަށް ޖެހިލަން މިވަނީ މަޖުބޫރުވެފައެވެ. މިއަރާ ފޮނުގަނޑުގެ ހަޤީޤަތް އެނގެންދެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް