ހޮސްޕިޓަލް ބިލަށް 20،000 ރުފިޔާ އެރުމްން ގޮތް ހުސްވެ ﷲގެ އެހީއަަށް އެދި މަގުމައްޗަށް ނުކުތްތަނާ ބިލްދައްކައިފި

ހޮސްޕިޓަލް ބިލަށް 20،000 ރުފިޔާ އެރުމްން ގޮތް ހުސްވެ ﷲގެ އެހީއަަށް އެދި މަގުމައްޗަށް ނުކުތްތަނާ ބިލްދައްކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު


"އޭނާގެ އަންހެނުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮޕަރޭޝަނެއް ކޮށް ފަރުވާދީ ނިމިގެން ގެއަށް ދާންޖެހުމުން ބިލް ދައްކަން ބަލައިލިއިރު ބިލަށް 20،000 ރުފިޔާ އަރައެވެ.

އަތުގައި އެ އަދަދާއި ކައިރިކުރާ އަދަދަކަށްވެސް ފައިސާއެއް ނެތެވެ. އެބަ އަންނަމޭ ބުނެ މަގު މައްޗަށް ނުކުތީ މާތްﷲގެ އެހީތެރިކަމަށް އެދިއެވެ. ކޮންމެވެސް ރައްޓެއްސެއްގެ އެހީތެރިކަމެއް ލިބޭތޯއެވެ.
މަގުމަތީގައި ހުއްޓާ ހޮސް ޕިޓަލުން ގުޅާފައި ބުނީ އެނބުރި ހޮސްޕިޓަލަށް އައުމަށާއި މީހަކު ބިލް ދައްކައިފި ކަމަށެވެ. އައިސް ފައިސާ ދެއްކީ ކާކު ކަމާއިމެދު ސުވާލުކުރުމުން ބުނީ އެއީ ކާކުކަން ނުބުނަން ބުނެފައިވާ ކަމަށެވެ.

އެކަން އެވީގޮތަކީ މާތްﷲއަށް އީމާންވެ ހެޔޮ އަމަލުތައް ކުރާ މީހުންނަށް މުޞީބާތް ކުރިމަތިވާ ވަގުތު އެ މުޞީބާތަކުން އޭނާއަށް ސަލާމަތްވެވޭނެ ގޮތް މާތްﷲ މެދުވެރިކުރައްވާތީ އެވެ. އޭނާއަށް އެހީތެރިވުމަށް މާތްﷲ ކޮންމެވެސް މީހަކަށް އިލްހާމް ކުރައްވަވާތީއެވެ.

އެމީހާ ހޮސްޕިޓަލަށް އައިސް އޭނާގެ ރަހްމަތްތެރިޔާގެ ބިލަށް އަރާފައިވާ އަދަދާއިމެދު ސުވާލުކުރުމުން ބުނި އަދަދު އޭނާގެ ކޭޝްކާޑުން ދެއްކީއެވެ. ދެއްކުމަށްފަހު ދެއްކީ ކާކުކަން ނުބުނަން އޭނާ އެބުނީ މާތްﷲގެ މަގުގައި ކުރި ޞަދަޤާތަކަށްވާތީއެވެ. އެކަމަށްް އެއްވެސް ބަދަލެއް އޭނާގެ ރަހްމަތްތެރިޔާގެ ކިބައިން ބޭނުން ނުވާތީއެވެ."

މިއީ މިއަދު އައްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ ބޮޑުގޭ ގޯތީގައި ހުރި ވަގުތީ މިސްކިތުގައި ދަރުސް ދެއްވަމުން ވިދާޅުވި ވާހަކައެކެވެ.

ޝައިޚް ޒަކަރިއްޔާ މޫސާ ވިދާޅުވީ ނަމާދުކުރުމަކީ، ރުކޫއުކޮށް ސަޖިދަ ކުރުމަކީ އެންމެ މަތިވެރި އަޅުކަން ކަމަށާއި އެހެންނަމަވެސް އެވަރުން ނުފުދޭކަމަށެވެ. ރުކޫޢު ސުޖޫދުކުރުމުގެ އިތުރުން އެހެނިހެން ހެޔޮ އަމަލުތައް ކުރަންޖެހޭނެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތް ކަމަށެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ ދީނީ ނަޞޭޙަތް އަޑު އެހުމަކީ ވެސް ވަރަށް މަތިވެރި އަޅުކަމެއް ކަމަށާއި އާޚިރަތް ދުވަހުން ދިންނެވުން އޮތީ ވީހައި ގިނަ ހެޔޮ އަމަލުކުރިވަރަކުން ކަމަށެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ ޖަމާއަތަށް ނަމާދަށް ދިއުމާއި ދަރުސްތައް އަޑުއެހުން ފަދަ ކަންކަން ކުރާނަމަ ޖަމާއަތުގެ މެދުގައި ގުޅުން ބަދަހިވާނެ ކަމަށެވެ. ބަދަހި ގުޅުމެއް އޮންނަނަމަ އަޚުންނަށް ކަމެއް ދިމާވި ނަމަވެސް އެހީތެރިވާނެ ގިނަ ބައަކު ތިބޭނެ ކަމަށާއި މަރުވުމުން ކަށުނަމަދާއި ޖަނާޒާގައި ބައިވެރިވާނެ މީހުން ވެސް ގިނަވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް