ބީއެމްއެލް އިން "އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހްކޮށްފި

ބީއެމްއެލް އިން "އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިއަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ބީއެމްއެލްއިން ޕްރޮގްރާމެއް ފަށައިފިއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކުގެ ޝެއަރމަން އެވެ.

މި ޕްރޮގްރާމްގައި މި ފެބުރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ދެމެހެއްޓެނެވި މަޝްރޫއެއްހިންގުމަށް މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ތަންފީޒުކުރުމަށްބޭންކުން2 ލައްކަ ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފާއިތުވީ ދެއަހަރު ބީއެމްއެލްއިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށެވެ. އަދި ދާދިފަހުން އަޅުގަނޑުމެން ވާނީ އެއަދަދު ދެ ގުނަކޮށް 2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 އާ ވަޒީފާ އުފައްދާނެކަން އިއުލާންކޮށްފައި ކަމަށެވެ.

" އަޅުގަނޑުމެން ރާވާފައިވާ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ކުރާ ހޭދަ ދެގުނަކޮށް މުޅިން އަލަށް 10 ސީއެސްއާރު ޕްރޮޖެކްޓް ރާއްޖޭގެ ރަށްތަކުގައި ހިންގޭނެ. އަދި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކުރެވޭނެ. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބިގެންދާނެ."

އެންޑްރޫ ވިދާޅުވީ 270000ކަސްޓަމަރުންނާއެކު، މިހާރުވެސް ރާއްޖޭގެ ކޮންމެ އާއިލާއެއްގެ ދިރިއުޅުމާއި ބޭންކާއި ވަނީ ގުޅިފައިކަމަށެވެ. "އަހަރެންގެ ބޭންކް" ޕްރޮގްރާމްބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންކަމުގެ ވާހަކަ. އަޅުގަނޑުމެންނަކީ ހީވާގިކަމާ އެކު މަސައްކަތްކުރާ، އަދި އަޅުގަނޑުމެންގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން ފުއްދައިދީ އަދި އިތުރަށް ފެންވަރު ރަގަޅުކުރުމަށްމަސައްކަތްކުރާނެ ބޭންކެއްކަން މި ޕްރޮގްރާމުން ދައްކައިދޭނެ. އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދެވަނައެއް ނުވާ މި ދިވެހި ބޭންކަކީ ތިޔަ ބޭފުޅުންގެ ބޭންކުގެ ގޮތުގައި ބަލައިގަތުމަށް. ތިޔަ ބޭފުޅުންގެ ދަރިންނަށް ތައުލީމު ފޯރުކޮށްދޭން ޖެހުނަސް، ތިބޭފުޅުން ގެއެއް ގަންނަން ބޭނުންވިޔަސް އަދި ތިބޭފުޅުން ވިޔަފާރިއެއް ފެށުމަށް ބޭނުންވިކަމުގައިވިޔަސް މި ބޭންކު ވަނީ ތިބޭފުޅުންނާއެކުގައި ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު