އަންހެނެއްގެ ބޮލުގައި އިން ދިރޭ ކުރަތްޕެއް ނަގައިފި

އަންހެނެއްގެ ބޮލުގައި އިން ދިރޭ ކުރަތްޕެއް ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އިންޑިއާ އަންހެނެއްގެ ބޮލުގައި އިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފިއެވެ.

42 އަހަރުގެ އަންހެން މިހާ 3 ވަނަ ހޮސްޕިޓަލަށްވެސް ދެއްކީ އަދައާ ކިލާފަށް ބޮލުގައި ރިއްސާތީއެވެ. އޭނާ ބުނީ ބޮލުތެރޭގައި ހިރުވާހެން ހީވާ ކަމަށާއި އެއްޗެއް އުޅޭހެންވެސް ހީވާ ކަމަށެވެ.

ޑޮކްޓަރުން ނޭފަތުން ނަރުލައްވައި އެންޑޮސްކޮޕީ ހެދުމުން ފެނުނީ ބޯ ތެރޭގައި ދެލޮލުގެ މެދަށްވާ ގޮތަށް ހަމަޖެހި މަޑުކޮށްލައިގެން އިން ދިރޭ ކުރަތްޕެކެވެ.

ޑޮކްޓަރުން ފުރަތަމަ މަސައްކަތްކުރީ ނޭފަތުން އެތެރެއަށް ފެންދުއްވައިގެން ކުރަފި ނެރެލެވޭތޯއެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭ ގޮތް ނުވުމުން ޑޮކްޓަރުންނަށް ކުރަފި ނެރެންޖެހުނީ ފޯސެޕްސް ބޭނުންކޮށްގެންނެވެ.

ޑޮކްޓަރުން ލަފާކުރަނީ ކުރަފި ނޭފަތުން އެތެރެއަށް ވަނީ އޭނާ ނިދާފައި އޮއްވާ ކަމަށެވެ. 12 ގަޑިއިރު ފަހުން ކުރަފި ނެރެވުނު އިރުވެސް އޮތީ ދިރިއެވެ. ޑޮކްޓަރުން ބުނެފައިވަނީ ކުރަފި އެތެރެއަށް މަރުވެ ކުނިވާފަދަ ކަމެއް މެދުވެރިވިނަމަ ފުރާނައަށްވެސް ނުރައްވަދާނެ ކަމަށެވެ. (މައުލޫމާތު. ފޮޓޯ ޑަބްލިޔޫޑީއާރުބީ.ކޮމް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް