އެންމެ 4 ކަމެއް ކޮށްލައިގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަރަށް ފަސޭހައިން ވަދެވޭނެ!

އެންމެ 4 ކަމެއް ކޮށްލައިގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަރަށް ފަސޭހައިން ވަދެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އެންމެ 4 ކަމެއް ކޮށްލައިގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަރަށް ފަސޭހައިން ވެދެވޭނެ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ވިދާޅުވީ އެންމެ 4 ކަމެއްގައި ސާބިތުވެ ތިބޭ އަންހެނުންނަށް ސުވަރުގޭގެ އެމީހަކު ވަންނަން ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު މާތްﷲ ދެއްވަވާނެ ކަމަށެވެ.

"އެހަތަރުކަމަކީ ފުރިިހަމައަށް ނަމާދު ޤާއިމުކުރުމާއި ފަރުޟު ރޯދަ ފުރިހަމަ ގޮތުގައި ހިފުމާއި އިއްފަތްތެރިކަން ހިމާޔަތްކުރުމާއި ފިރިމިހާއަށް ކިޔަމަންތެރިވުން" ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އަންހެނުންނަށް މާތްﷲ ވަނީ ކަންކަން ވަރަށް ބޮޑަށް ލުއިކޮށްދެއްވަވާފައި ކަމަށެވެ. އެގޮތުން ޖިހާދުކުރުން ފަދަ ބުރަ ކަންކަން އަންހެނުންނަށް ލާޒިމުކުރައްވަވާފައި ނުވާ ކަމަށެވެ. އަދި އަޅުކަން ކުރުމުގައިވެސް އަންހެނުންނަށް ލުއިތަކެއް ހުންނަ ކަމަށެވެ.

ޝައިޚް ވިދާޅުވީ މިދުނިޔެއަކީ މުހިންމު ތަނެއްކަމަށް ދެކެގެން މާތްގެ އެންގެވުންތަކަށް ފުރަގަސްދިނުމުން ހުރީ ގެއްލުމާއި ހަލާކު ކަމަށެވެ. އެންމެ މަތިވެރި ނިއުމަތަކީ ސުވަރުގެ ލިބުން ކަމަށާއި ކެތްތެރިކަމާއިއެކު ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ހާޞިލުކުރުމަށް ކަމަށެވެ.

އެންމެ 4 ކަމަކުން ސުވަރުގެ ލިބެން އޮތްއިރު އެއިގެ ތެރެއިން އެންމެ ކަމެއްވެސް ފުރިހަމައަށް އަދާކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް އަންހެނުންނަށް ކަމާއިމެދު ސުވާލުއުފެދެއެވެ. ް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް