އުފަންވިއިރު 4 ފައާއި 2 ގުނަވަން ހުރި ކުއްޖަކު އޮޕަރޭޝަނަށްފަހު އަންނަނީ ރަނގަޅުވަމުން!

އުފަންވިއިރު 4 ފައާއި 2 ގުނަވަން ހުރި ކުއްޖަކު އޮޕަރޭޝަނަށްފަހު އަންނަނީ ރަނގަޅުވަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އުފަންވިއިރު 4 ފައާއި 2 ގުނަވަން ހުރި ކުއްޖަކު އޮޕަރޭޝަން ކުރުމުން މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އިންޑިއާގެ ބެންގަލޫރުގެ މިކުއްޖާގެ އޮޕަރޭޝަން ކޮށްފައިވަނީ 20 ޑޮކްޓަރުންގެ އިތުރުން ނަރުހުންނާއި ޓެކްނީޝިއަނުންގެ ޓީމަކުންނެވެ.

މިއީ ވަރަށް މަދުން ނޫނީ ދުނިޔެއިން ފެންނަކަމެއް ނޫނެވެ. ޑޮކްޓަރީ އިލްމުގެ ސައިންސްވެރިން ބުނަނީ މިފަދަ ކުދިން އުފަންވުމަށް މެދުވެރިވާ ސަބަބަކީ މައިމިހާގެ ބަނޑުގައި އެއްމާބަނޑު ދެކުދިން އަށަގަތުމަށްފަހު ވަރަށް ކުރީކޮޅުގައި އެއްކުއްޖަކު އުފެދުން ހުއްޓުމުން ކަމަށެވެ. އަދި އެހިސާބުން އެއްކުއްޖެއްގެ ބައިތައް އަނެއް ކުއްޖާގެ ހަށިގަނޑާއި ގުޅެނީ ކަމަށެވެ.

ްއުފެދޭ ސުވާލަކީ އަނެއް ކުއްޖާ އާއި ގުޅެންވީ ހަމައެކަނި ދެފައާއި އެއް ގުނަވަން ހެއްޔެވެ؟ އެހެން ބައިތައް ގިރިގެން ދިއައީ ހެއްޔެވެ؟ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟

މާތްﷲގެ ކުޅަދުންވަންތަކަން ޤަބޫލުނުކުރާ މީހުންނަށް މިފަދަ ވާހަކަތައް ޤަބޫލުކުރެވޭނެއެވެ. ނަމަވެސް ބުއްދީގެ ހަމަތަކުން ވިސްނުމުން މިފަދަ ކަންކަމުގައި ހިމެނޭ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ފެނިގެންދާނެއެވެ.

ކޮންމެ އަކަސް އޮޕަރޭޝަން ވަނީ ކާމިޔާބުވެފައެވެ. ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ލަހެއް ނުވެ ގެއަށް ފޮނުވައިލާނެ ކަމަށް ބެލެވެއެވެ.

މިއޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށްހުރި ކުޑަކުދިންގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރު ޑރ. ސަންޖޭ ރާއޯވެސް ސަބަބުތަކެއް ދައްކައެވެ. އޭނާ ގެ ބަހަކީ-
"These are problems that happen from time to time
and (are) irrespective of socio-economic status,”
މިއީއެވެ.

ކުއްޖާގެ އިތުރު 2 ފައާއި ބެހޭގޮތުން ޚަބަރުގައި ތަފްޞީލް ދީފައެއް ނުވެއެވެ. ފޮޓޯއަށް ބެލުމުން ލަފާކުރެވެނީ އެ ދެ ފައި ފަޅާފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް