ބީއެމްއެލް އިން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފި

ބީއެމްއެލް އިން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ބޭންކް އޮފް މޯލްޑިވްސްެއިން އަތޮޅުތެރޭގައި ދެމުންދާ ފައިސާ ނެގުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓްހަމަޖައްސައިފިއެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން ކ ދިއްފުށީގައި މިއަދު ކުޑަ ހަފްލާއެއް ބާއްވައި މިރަސްމިއްޔާތުގައި 200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ރަމްޒީ ޓޯކަން އެއް ވަނީ ހަވާލުކޮށްފައެވެ.

ފައިސާ ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިންނެވެ. ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓް ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާނެގެއެވެ. ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް 2015 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ދިއްފުށީގައި މިއަދު އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އެޖެންޓުންގެ ނެޓްވޯކާ ގުޅޭ 200 ވަނަ އެޖެންޓަށް މަރުހަބާ ވިދާޅުވުމަށް ދިއްފުށްޓަށް ވަޑއިގަތުމަކީ ލިބިވަޑައިގަންނަވާ ޚާއްޞަ އުފާފުޅެއް ކަމަށެވެ. އަދި މި މުހިންމު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު