ވޭލްސްގެ ދެވަނަ ޑިވިޜަންގެ ޓީމަކަށް އޮއްޕޮ ސޮއިކޮށްފި

ވޭލްސްގެ ދެވަނަ ޑިވިޜަންގެ ޓީމަކަށް އޮއްޕޮ ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ފަޒީލް (އޮއްޕޮ) ވޭލްސްގެ ދެވަނަ ޑިވިޜަންގެ ޓީމަކަށް ސޮއިކޮށްފިއެވެ.

ވޭލްސްގެ ލާންގެފްސީގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ޤައުމުގެ ބޮޑޯގަން އެފްސީއަށް މިދިޔަ އަހަރުކުޅުނު އެޓޭކިންގ މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އެޓީމަށް ކުޅުމަށް ސޮއިކޮށްފައިވާކަމަށެވެ.އަދިއޮއްޕޮ އަކީ ޤުދުރަތީ ގޮތުންވެސް ފުޓްބޯޅައިގެ ހުނަރުލިބިފައި ހުރި ކުޅުންތެރިއެއްކަމަށާއި އޭނާއަށް އެ ކްލަބުން މަރުހަބާކިޔާކަމަށެވެ.

ޔޫރަޕުގެ ފުޓްބޯޅައިގާ ފާހަގަކޮށްލެވޭ ޤައުމެއްކަމަށްވާ ވޭލްސްގެ ލާންގެފްސީއަށް ކުޅުމުގެ ފުރުޞަތު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ)އަށް ލިބިފައިވާ އިރު، އޮއްޕޮ ފިޔަވައި ޔޫރަޕްގެ ކުލަބަކަށް ކުޅުމުގެ ފުރުޞަތު ލިބުނީ ޤައުމީ ކެޕްޓަން އަލީ އަޝްފާޤު (ދަގަމޑޭ) އަށެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު އޭނާ ވަނީ އެ ފުރުޞަތުގެ ބޭނުން ނުހިފާ ދޫކޮށްލާފައެވެ.

2008ވަނަ އަހަރު ރާއްޖެއިން ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު އޮއްޕޮ ވަނީއެޓީމުގައި މުހިއްމު ދައުރެއްއަދާކޮށް އެ މުބާރަތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދައިފައެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޮއްޕޮ ވަނީ ހޯދާފައެވެ.

ލާންގެފްސީ ޚަބަރުގެ ލިންކް: http://www.llangefnifc.co.uk/

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޚް