ޕޮގްބާގެ ދުނިޔޭގެ ރެކޯޑްގެ އަގު ވެއްޓެން ވަރަށް ކައިރިވެއްޖެ: މޮރީނިއޯ

ޕޮގްބާގެ ދުނިޔޭގެ ރެކޯޑްގެ އަގު ވެއްޓެން ވަރަށް ކައިރިވެއްޖެ: މޮރީނިއޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދުނިޔޭގެ ރެކޯޑް އަގަކަށް މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާގެ ރެކޯޑް އަގުވެއްޓެންވަރަށްގާތްވެއްޖެކަމަށް މެންޗެސްޓަރޔުނައިޓެޑުގެކޯޗު ހޯޒޭމޮރީނިއޯބުނެފިއެވެ.

ޕޮގްބާއާ ބެހޭގޮތުން ވާހަކަދައްކަމުން މޮރީނިއޯ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި، ކުޅުންތެރިންގެ ޓްރާންސްފަރގެ އަގުތަކުގައިވެސް އިންފްލޭޝަން ރޭޓް މަތިވެއެވެ. އެގޮތުން ޕޮގްބާ ޔުނައިޓެޑަށް ގަންނަން ހޭދަ ކުރި ދުނިޔޭގެ ރެކޯޑް ފީ 89 މިލިއަން ޕައުންޑަކީ ނިސްބަތުން ކުޑަ އަގަކަށް ވާ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށެވެ.

އޭނާ ބުނީ 89 މިލިއަން ޕައުންޑަކީ ޕޮގްބާއަށް އެކަށީގެންވާ އަގެއް ކަމަށާއި އެހެން ނަމަވެސް އޭގެ ދެގުނަ އަގު އަންނަ ޓްރާންސްފާގައި ފެނިގެން ދާނެކަމަށެވެ.

މޮރީނިއޯ ބުނީ އޭނާއަށް ޔަގީންވާގޮތުގައި އަންނަ ހޫނު މުސުމުގެ ޓްރާންސްފާގައި، ޕޮގްބާއަށް ލިބިފައިވާ ހުނަރުގެ ދެ ބައި ކުޅަ އެއްބައި ހުނަރު ހުރި ކުޅުންތެރިންގެ އަގުވެސް މިހާރު ޕޮގްބާ އަށް ހުށަހެޅި އަގާ އެއްވަރު އަގެއް ހުށަހަޅާނެކަމަށެވެ.

މޮރީނިއޯ ބުނީ މީގެ 25 އަހަރު ކުރިން އެންމެ މޮޅު ކުޅުންތެރިޔާގެ އަގަކީވެސް 25 މިލިއަން ކަމަށާއި ނަމަވެސް އަގުތަކަށް ބަދަލު އައިސް، 25 މިލިއަން ޕައުންޑަށް މިހާރު އެންމެ އާދައިގެ ކުޅުންތެރިޔެއްވެސް ނުލިބޭ ކަމަށެވެ.

އެހެން ނަމަވެސް ޕޮގްބާ އަށް ހުށަހެޅި އަގު އޭނާ އަށް ހައްގު ކަން ސާބިތު ކޮށްދޭން އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިވަގުތު އޭނާ ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ.

މޮރީނިއޯ ބުނީ ބައެއް ފަހަރު ޕޮގްބާގެ ފަރާތުން ދައްކުޅުމެއް ފެނުނު ނަމަވެސް ޕޮގްބާއަކީ ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެއްކަމަށެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑުގައި މިވަގުތު ޕޮގްބާ ދައްކާ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ ދަނީ މި ޓީމަށް އާދަޔާ ހިލާފަށް ބެލެންސް ގެނެސް ދެމުންކަމަށެވެ.

"ޕޮގްބާ އަކީ ބައެއްފަހަރު ދައްކޮށް ކުޅުނު ނަމަވެސް މޮޅުކުޅޫންތެރިއެއް. އޭނާގެ މޮޅުކުޅޫމަށް އަހަރެން ތައުރީފް ކުރަން. އޭނާ މިހާރުވެސް ދަނީ މޮޅުކުޅުމެއް ޓީމުގައި ދައްކަމުން." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، މީގެ 25 އަހަރު ކުރިން އެންމެ މޮޅު ކުޅުންތެރިޔާގެ އަގަކީ 25 މިލިއަން ކަމަށާއި ނަމަވެސް އަގުތަކަށް ބަދަލު އައިސް، 25 މިލިއަން ޕައުންޑަށް އެންމެ އާދައިގެ ކުޅުންތެރިޔެއްވެސް ނުލިބޭ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ޢަބްދުލްޙައްނާން