ހަފީޛް ނަބީހަށް ސައުދީ ސަފީރު އިނާމު ދެއްވުމަކީ ފާހަގަކުރަންޖެހޭ ޚިދުމަތެއް: ޑރ. ޝަހީމް

ހަފީޛް ނަބީހަށް ސައުދީ ސަފީރު އިނާމު ދެއްވުމަކީ ފާހަގަކުރަންޖެހޭ ޚިދުމަތެއް: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ކުރު މުއްދަތެއްގައި ކީރިތި ޤްރްއާން ހިތުދަސްކުރި އަލްހާފިޛް އަހްމަދު ނަބީހަށް ސައުދީ ސަފީރު ބަދްރް އަލްކޮހައިލް އިނާމު ދެއްވުމަކީ ފާހަގަކުރަންހޭ މުހިންމު ޚިދުމަތެއް ކަަމށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި އަރަބި ބަހުން "މޮޅަށް" ވާހަކަ ދެއްކި އަރަބިއްޔާގެ ދަރިވަރަށްވެސް ސަފީރު ވަނީ އިނާމު ދެއްވާފައި ކަަމަށެވެ. "މިކަންކަމުން ޔަޤީންވަމުން މިދަނީ ދިވެހި ދަރިވަރުންގެ ކުރިއެރުމަށް ސަފީރު ދެއްވާ ސަމާލުކަން. ދިވެހި ދަރިވަރުންނަށް ހިތްވަރުދެއްވަމުން އެމަނިކުފާނު ބޭނުންފުޅުވާ މިންވަރު."

ޑރ. ޝަޙީމް ވިދާޅުވީ ނަބީޙްގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް އިނާމުދީ އޭނާ ކުރި މަސައްކަތުގެ އަގު ރާއްޖޭގައި ހުންނަ ސައުދިއަރަބިޔާގެ އެމްބަސީން، ސައުދީ ސަފީރު ބަދްރް އަލްކޮހައިލް ފާހަގަކުރެއްވުން އެއީ ދިވެހި ދަރިވަރުންގެ ތައުލީމަށް ސަފީރު ކޮށްދެއްވި ވަަރަށް މުހިންމު ޚިދުމަތެއް ކަމުގައި ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ. "ހުނަރުވެރި މޮޅު ދަރިވަރުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނީމާ އެކުދިންނަށް ލިބޭނެ އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރުމުގެ ހިތްވަރު. އެއީ އިސްލާމް ދީނަށް ވެސް އަދި ރާއްޖެއަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް."

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުރި އަރަބި ޤައުމުތަކުގެ ހަމައެކަނި އެމްބަސީ އަކީ ސައުދިއަރަބިޔާގެ އެމްބަސީ ކަމަށެވެ. އަދި އެ އެމްބަސީން ގެންދަނީ ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުން ކަމަށެވެ. "ރާއްޖޭގެ ތައުލީމަށް ސައުދީ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަކީ މުޅި ޤައުމަށް ވެދޭ ވަރަށް ބޮޑު އެހީއެއް. ސައުދީ އެމްބަސީން ގެންދަނީ ރާއްޖެއަށް އިޤްޠިޞާދީ ދާއިރާއިންނާއި ޘަޤާފީީ އަދި އެހެނިހެން ދާއިރާތަކުންވެސް އަރަބި ޤައުމުތަކުގެ އެހީތެރިކަން ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން. ސައުދީ އެމްބަސީން ރާއްޖެއަށާ ދިވެހިި ރައްޔިތުންގެ ކުރިއެރުމަށް، މުޅި ދިވެހި މުޖުތަމައުގެ ކުރިއެރުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ގެންދަނީ ކޮށްދެމުން."

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުރި އަރަބި ޤައުމެއްގެ އެމްބަސީ އަކީ ހަމައެކަނި ސައުދީ އެމްބަސީކަމަށްވެފައި ރާއްޖޭގެ އިޤްޠިޞާދަށާއި އަރަބި އިސްލާމީ ތައުލީމް ރާއްޖޭގައި ފެތުރުމަށް މިހައި ގިނަ ޚިދުމަތްތަކެއް ސައުދީ އެމްބަސީން ކޮށްދެމުން ގެންދާތީ އެކަން ހަޖަމް ނުކުރެވޭ ބައަކު އުޅޭނެ ކަމަށެވެ. ނަމަވެސް ސައުދީ އެމްބަސީން ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ބަލައިގަނެ ދިވެހި ރައްޔިތުން ގެންދަނީ ޝުކުރު އަދާކުރަމުން ކަަމަށެވެ. "ދިވެހި ރައްޔިތުން އަބަދުވެސް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަށާއި އެމަނިކުފާނުގެ ސަރުކާރަށް އަދި ސައުދީ ސަފީރަށް ޝުކުރުވެރިވާނެ. އެބޭފުޅުންނަށް ދިވެހިރައްޔިތުންގެ ހިތުގެ ލޯބި އެންމެ ފުރިހަމައަށް އަބަދުވެސް ލިބިވަޑައިގަންނަވާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން." ކަަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް