ޓީސީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ސެމީއަށް

ޓީސީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކުލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

ކިރިގިސްތާނުގެ އަލްގާ ބިޝްކެކް އާއި މިއަދު ބައްދަލުކުރި މެޗު ޓީސީން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

މިއަދުގެ މެޗުގައި އަލްގާއިން ފުރަތަމަ ހާފުގައި ލަނޑުޖަހާ ލީޑު ނަގާފައިވަނިކޮށް ޓީސީގެ އިބްރާހިމް ވަހީދު ހަސަން ވަނީ ލަނޑެއްޖަހާ ފުރަތަމަ ހާފު ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ނަތީޖާ ދިވެހިންގެ ކޮޅަށް އަނބުރާލާ ޓީސީއަށް ސެމީގެ ޖާގަ ޔަޤީން ކޮށްދިނީ ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓްއެވެ.

ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި އަންނަ ބުދަ ދުވަހު ޓީސީ ނުކުންނާނީ ކޮރެއާގެ ޕޮޗެއޯން އެފްސީ އާދެކޮޅަށެވެ.

މިއީ ޓީސީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް