ބީއެމްއެލް އިން ހޯރަފުށްޓާއި އިހަވަންދޫގައި ބޭންކުގެ ބްރާންޗް ހުޅުވައިފި

ބީއެމްއެލް އިން ހޯރަފުށްޓާއި އިހަވަންދޫގައި ބޭންކުގެ ބްރާންޗް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ބީއެމްއެލް އިން ހއ ހޯރަފުށި އަދި އިހަވަންދޫގައި އެ ބޭންކުގެ ބްރާންޗް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މިއަދު މި ދެ ބްރާންޗް ހުޅުވީ ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެތެރެއިން ކަމަށެވެ.

މި ދެ ބްރާންޗްގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ރަސްމީ ގަޑީގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތައް އަދި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

މި ބްރާންޗްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު މި ދެ ރަށުގައި ދެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ބްރާންޗްތަކާ މެދު ވާހަކަފުޅު ދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ހުޅުވުނު އާ ބްރާންޗްތައް މެދުވެރިކޮށް ހޯރަފުށި އަދި އިހަވަންދޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށުގެ އިޤްތިސާދަށް ރަގަޅު ފައިދާއެއް ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި އިންވެސްޓްމަންޓްތަކަކީ ދާދި ފަހުން އަޅުގަނޑުމެން އިއުލާންކޮށްފައިވާ ގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކޮށް 150 އަށްވުރެ ގިނަ ވަޒީފާ އުފެއްދުމަށް ނިންމާފައިވާ ޕްރްގްރާމްގެ ތެރޭގައި ހިމެނޭ އިންވެސްޓްމަންޓްތަކެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 33ބްރާންޗް، 80 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި5ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު