ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޔުނައިޓެޑް ރޮސްޓޯވްއާ ބައްދަލުކުރަން ޖެހިއްޖެ

ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޔުނައިޓެޑް ރޮސްޓޯވްއާ ބައްދަލުކުރަން ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ޔޫއެފާރ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޔުނައިޑެޓު ރަޝިއާގެ އެފްސީ ރޮސްޓޯވް އާއި ބައްދަލުކުރަން ޖެހިއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑު ރަޝިއާގެ ރޮސްޓޯވްއާއި ކުޅެން ޖެހުނުއިރު މުބާރާތުގެ ގަދަ 16 އަށް އެޓީމު ދަތުރުކުރީ، ދެވަނަ ބުރުގައި ފްރާންސްގެ ސެއިން އެޓިއެންގެ މައްޗަށް 0-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ރަޝިއާގެ ރޮސްޓޯވް ގަދަ 16 އަށް ދަތުރުކުރީ، ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގްގެ މައްޗަށް 1-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެޓީމުވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ގަދަ 16 އަށް ދަތުރު ކޮށްފައިވާއިރު މި ދެ ޓީމު ގަދަ 16 ގައި ބައްދަލުކުރާ، ފުރަތަމަ ލެގުގެ މެޗު ކުޅެވޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރަޝިއާގައެވެ. އަދި މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައި އަންނަ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

މީ މި ދެޓީމު ވާދަވެރި މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މެންޗެސްޓަރ ޔުނައިޓެޑަކީ މިވަގުތު އިނގިރޭސި ޕްރިމިއަރ ލީގުގައި 48 ޕޮއިންޓާއެކު ލީގުގެ 6 ވަނާގައި އޮތްޓީމެވެ. އަދި ރޮސްޓޯވް މިވަގުތު އޮތީ 25 ޕޮއިންޓާއެކު ރަޝިއާލީގުގެ 7 ވަނާގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ޢަބްދުލްޙައްނާން