ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވަނީ..

ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު އުމުރުން 25 އަހަރުގެ ގްރީޒްމަން ހޯދަން ޔުނައިޓެޑުން އަންނަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ނިމިގެންދިޔަ މަހުގެ ޓްރާންސްފަރ މާކެޓްގައިވެސް ގްރީޒްމަންގެ އެޖެންޓާ ޔުނައިޓެޑުން ބައްދަލުވުންތަކެއް ބޭއްވިކަމަށް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.

ޔުނައިޓެޑުން ގްރީޒްމަން ހޯދުމަށް މެދު ނުކެނޑި މަސައްކަތް ކުރަމުން އަންނަ އިރު ދުނިޔޭގެ ބޮޑެތި ގިނަ ކުލަބުތަކުން ދަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ސްކައި ސްޕޯޓްސްއިން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާގޮތުން ޔުނައިޓެޑުން ގްރީޒްމަން ގެންދަން މަސައްކަތް ކުރަމުން އަންނައިރު މީގެ ކުރިން ކުރިން ގްރީޒްމަންވެސް ޕޮގްބާއާ އެއްކުލަބެއްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން އެކަން ވުން ވަރަށް ގާތްކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ގްރީޒްމަން ވަނީ އޭނާގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާއިން މިފަދަ ވާހަކަތައް ދައްކަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެތުލެޓިކޯ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ އޭރު ބުނެފައެވެ.

2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ގްރީޒްމަން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.އަދި އޭނާ ވަނީ މިހާތަނަށް އެތްލެޓިކޯ މެޑްރިޑަށް ކުޅެދިން 97 މެޗުގައި 53 ގޯލު ޖަހާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ޢަބްދުލްޙައްނާން