ދޮންނަކުނޑި ގަންނަން ގޮސްފަ އައިއިރު 3 އަހަރުގެ ދެ ދަރިން ދޮންނަ މެޝިނުގަ މަރުވެފަ!

ދޮންނަކުނޑި ގަންނަން ގޮސްފަ އައިއިރު 3 އަހަރުގެ ދެ ދަރިން ދޮންނަ މެޝިނުގަ މަރުވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ރާޚީ އުމުރުން އެންމެ 3 އަހަރުގެ އެއްމާބަނޑު 2 ފިރިހެން ދަރިން ގޭގައި ކުޅެން ބައިތިއްބާފައި ދިއައީ ދޮންނަކުނޑި ގަންނާށެވެ. ކައިރީ ފިހާރައަކުން ދޮންނަކުނޑި ޕެކެޓެއް ގަނަގެން އައިސް ހޯދިއިރު ދަރިންނެއް ނެތެވެ.

ހާސްކަމުގެ ތެރޭގައި ރޯންފެށުމުން އަވަށްޓެރިން ވެސް އައިސް ހޯދައި ނުފެނުމުން ފުލުހުންނަށް ވެސް ގުޅިއެވެ. އަދި ކުދިންގެ ބައްޕައަށް ވެސް ފޯނުކުރިއެވެ.

ފުލުހުންނާއި އަވަށްޓެރިންނާއި ބައްޕައާއި މަންމަ އާއި އެންމެންވެގެން ކުދިން ހޯދަމުން ދަނިކޮށް ކުދިންގެ ބައްޕައަށް ފެނުނީ ދެ ދަރިން ދޮންނަ މެޝިނުގައި ތިއްބައެވެ.

މެޝިނުގައި ހުރި ފެންގަނޑުގައި ދެ ކުދިން ތިބީ ހޭނެތިފައެވެ. ހޮސްޕިޓަލަށް ގެންދިއުމުން ބުނީ މަރުވެފައިވާ ކަމަށެވެ. އެކަން ޔަޤީން ނުކުރެވިގެން ދެވަނަ ހޮސްޕިޓަލަށް ގެންދިއުމުންވެސް ބުނީ މަރުވެފައި ތިބި ކަމަށެވެ.

ފުލުހުން ބުނީ މެޝިނުގައި ހުރީ 215 ލިޓަރު ފެންކަމަށާއި 15 ލިޓަރު ފެނުގައި ދެކުދިން މަރުވާންޖެހުނު ސަބަބާއިމެދު ސުވާލު އުފެދޭ ކަމަށެވެ. ކިތަންމެ ރަނގަޅަށް ސާފުކުރި ނަމަވެސް މެޝިނުގައި ދޮންނަކުނޑީގެ އަސަރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދެބެއިން މަރުވީ ނޭވާ ހާސްވެގެން ކަމަށް ބެލެވެއެވެ.

ވިސްނަންވީ ކުދިކުދި ކަންކަމާއި ކުދިން ދޫކޮށްފައި ގެއިން ބޭރަށް ދާން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމެވެ. ކޮންމެހެން ބޭނުންވާ ތަކެތި ކުރިއާލައި ހޯދާފައި ބެހެއްޓުމަށެވެ. ދޮންނަކުނޑި ޕެކެޓެއް ހޯދަން ދާންޖެހުމުން ލޯބިލޯބި ދެދަރިންގެ ފުރާނަދާނެ ގޮތްތަކަށް ކަންކަން ނުކުރުމެވެ. ދަރިންވެސް މަރުވާނެއެވެ. ނަމަވެސް މައިން ބަފައިންގެ މިފަދަ އިހްމާލުން ދަރިން މަރުވުމަކީ ހުއްޓުވިދާނެ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް