މަޖޫރީއެއްގެ އަނބިމީހާ އޮޓޯ ޑްރައިވަރާ 2 ފިރިއަށް ކައިވެނިކޮށްފި- 2 އަންހެން ދަރިން އޮޔާހިނގައްޖެ.

މަޖޫރީއެއްގެ އަނބިމީހާ އޮޓޯ ޑްރައިވަރާ 2 ފިރިއަށް ކައިވެނިކޮށްފި- 2 އަންހެން ދަރިން އޮޔާހިނގައްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

ކޮންމެ ކަމެއްގައިވެސް ތަފާތު ވައްތަރުތަކަށް ކަންކަން ކުރާމީހުން އުޅޭނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. އެގޮތުން ދަރިން ގޮވައިގެން ރާއްޖެއިން ބޭރުގައި ކިޔަވައިދިނުމަށް އުޅޭ ދިވެހިންގެ ތެރޭގައިވެސް ތަފާތު ވައްތަރަށް އުޅޭ ބެލެނިވެރިން އެބައުޅެއެވެ.

ހުރިހާ ވައްތަރެއް ދެ ބައަކަށް ބަހައިލެވިދާނެއެވެ. އެއީ ހަޤީޤަތުގައިވެސް ދަރިންނަށް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނާއި އެނޫން ބޭނުންތަކަށް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނެވެ.

ދަރިންނަށް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ހަމަ މާލޭގައި އެމީހުންގެ ދަރިން ބެލެހެއްޓި ގޮތަށް އެ ޤައުމުތަކުގައިވެސް ދަނީ ދަރިން ބަލަހައްޓަމުންނެވެ. އުޅޭ ނޫޅޭ ތަންތަން ބަލައެވެ. ސްކޫލަށް ޤަވާއިދުން ދޭތޯ އާއި ސްކޫލުގައި ކަންކަން ކުރާ ގޮތް ބަލަހައްޓައެވެ.

ތަފާތު ބޭނުންތަކަށް ރާއްޖެއިން ބޭރުގައި ދަރިން ގޮވައިގެން ތިބޭ މީހުންނަށް ދަރިންގެ ކަންކަން ބަލަހައްޓާނެ ވަގުތެއް ނޯވެއެވެ. އެހީންގެ ހުރިހާ ވަގުތެއް ހުސްކުރަނީ ކުރަން ބޭނުންވާ އެހެން ކަންކަމަށެވެ. އެމީހުން ރާއްޖެއިން ބޭރުގައި ތިބި މަޤްޞަދު ޙާޞިލުކުރުމަށެވެ.

މިކަން އެންމެ ރަނގަޅަށް ފެނިގެންދާނީ ޓްރިވެންޑްރަމުންނެވެ. ޚާއްޞަކޮށް އޮޓޯ ޑްރައިވަރަކާއި ނުލައި ނޭވާ ނުލެވޭ އަންހެނުން މަދެއް ނޫނެވެ. ނޫނީ މާލީ އެހީދޭ ޚާއްޞަ އެހީތެރިޔާ އާއި ނުލައި ނޭވާ ނުލެވޭ އަންހެނުންވެސް މަދެއް ނޫނެވެ.

ސްރީލަންކާގައި މިބައިތައް އަދި ތަންކޮޅެއް މަދުކަމަށް ބެލެވެއެވެ. މިއިން ކޮންމެ ބައަކަށް ބެލި ނަމަވެސް ހިތާމައަކީ ހިނގަމުންދާ ކަންކަމަކީ އިންތިހާއަށް ގެއްލުން ހުރި ކަންކަން ކަމެވެ.

ދާދިފަހުން މިފަދަ މައްސަލައެއް ކުރިމަތިވި އެކަކީ ކަސްޓަމްސް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީއެކެވެ. ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު އޭނާ ހޭދަކުރަމުން ގެންދިއައި ޓްރިވެންޑްރަމުގައި އަނބިމީހާ އާއި ދަރިންކޮޅު ބައިތިއްބައިގެން ދަރިންނަށް ކިޔަވައިދިނުމަށެވެ.

2 އަަހަރުވީފަހުން ކަންކަން ފަޅާއެރިއިރު ކަމަކު ދާކަށް ނެތެވެ. ފިރިމީހާއަށް އެނގުމަކާއި ނުލައި އަނބިމީހާ އުޅެނީ އޮޓޯ ޑްރައިވަރަކާއި އެކުރި ގޮތަކަށް ދެ ފިރިއަށް ކައިވެނިކޮށްގެންނެވެ. އެކަން ހާމަވީ ގޭގައި ބޭހަށް ހުރި ދިވެއްސަކަކަށް ފެނުނު މަންޒަރުތަކަށް ކެތް ނުކުރެވިގެން ފޮޓޯނަގައި ވީޑިއޯކޮށްގެން ގެނެސް ފިރިމީހާއަށް ދެއްކުމުންނެވެ.

ކަންކަން ބެލިއިރު ކިޔަވަން ތިބި 13 އަަހަރާއި 17 އަަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ މަންމަ އާއި ހަމަ އެއްމަގުން ހިނގަން ފަށާފައެވެ. 2 ވަނަ އަހަރު ސްކޫލަށް ގޮސްފައިވަނީ އެންމެ 30 އިންސައްތަ ދުވަހުއެވެ.

ކަމެއް ވުމުން އެކަމެއް ކުށްވެރިކުރުމުގެ ބޭނުމެއް ނެތެވެ. މަސައްކަތްކުރަންވީ ކަންކަން ވިއަނުދީ ހުއްޓުވުމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް އެޅުމަށެވެ. ބައްޕައަކީ ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެ މީހާކަން އަމިއްލައަށް ޤަބޫލުކުރެވިގެން ނޫނީ މިފަދަ މައްސަލަތަކަށް ހައްލެއް ނޯންނާނެއެވެ. އަދި ބައްޕަގެވެސް އިހްމާލުން މިފަދަ ކަމެއް މެދުވެރިވިއަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެބަޖެހެއެވެ. ހަމައެކަނި މައިމީހާގެ ބޮލަށް "ކަނޑާލައިގެން" ފުއްދައެއް ނުލެވޭނެއެވެ.

މާލޭގައި ގެދޮރުގެ ކުލި ބޮޑެވެ. ކުރަންޖެހޭ ޚަރަދުވެސް ބޮޑެވެ. އެކަމަށް ކުޅަދާނަ ނޫން ނަމަ ރަށުގައި ޢާއިލާ ބޭތިއްބުމުންވެސް ދަރިންގެ އަޚްލާޤް ސަލާމަތްކުރެވޭނެއެވެ. މާލޭގައި ގެދޮރުހުރި މީހުން ހުރި ދަތިތަކާއިއެކުވެސް މާލޭގައި ދަރިން ބައިތިއްބާނަމަ ދަރިންގެ މިފަދަ މައްސަލަތަކުން ސަލާމަތްކުރެވޭނެއެވެ. ނަަމަވެސް ބައްޕަ އަޅައިލާނަމައެވެ. ބައްޕަގެ ޒިންމާ އަދާކުރާ ނަމައެވެ.

ހުރިހާ ކަމެއް ވެނިމުމުން ދަރިފުޅު ނުވަތަ އަނބިމީހާ ގޯސްމަގެއް ޚިޔާރުކުރީ ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ.

ކަންކަން މިހެން ހުރިއިރު ފިރިމީހާ މިނިވަންކަމާއިއެކު މާލޭގައި އުޅެން ބޭނުންވެގެން ދަރިންނަށް ކިޔަވައިދިނުމުގެ ނަމުގައި އަނބިމީހާ އާއި ދަރިންކޮޅު ބޭރު ޤައުމުތަކަށް ފޮނުވާ ފިރިންވެސް އެބަތިއްބެވެ. އެބައިވެސް ދަނީ ހަމަ އިތުރުވަމުންނެވެ.

މިފަދަ އިޖުތިމާޢީ އަދި ދީނީ މައްސަލަތައް ހައްލުކުރެވޭނީ މާތްﷲއަށް ބިރުވެތިވެގެންނެވެ. ދަރިންގެ ޒިންމާތައް މަންމަ އާއި ބައްޕަ އުފުލައިގެންނެވެ. އަދި އަނބިމީހާގެ ޒިންމާތައް ފިރިމީހާވެސް އުފުލައިގެންނެވެ. ފިރިމީހާގެ ހައްޤުތަކަށް އަނބިމީހާ ވެސް ރައްކާތެރިވެގެންނެވެ. ދެމަފިރިން ގުޅިގެން ކުރިއަށްދާން މަސައްކަތްކުރުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް