ބަލިވުމުގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ކުޅިވަރުގެ ކުރިމަގު އުޖާލާ ކުރުމަށް ވިސްނުން މުހިންމު...

ބަލިވުމުގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ކުޅިވަރުގެ ކުރިމަގު އުޖާލާ ކުރުމަށް ވިސްނުން މުހިންމު...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ އާއި ފަލަސްތީނު ރޭ ބައްދަލުކުރި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް 2 ކުޅުންތެރިންގެ ތިން ލަނޑުން ރާއްޖޭގެ މައްޗަށް ފަލަސްތީނުން މިވަނީ ކުރިހޯދާފައެވެ.

މި މެޗުގައި އެއްވެސް ޓީމަކަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ޖުމްލަގޮތެއްގައި ފަލަސްތީނުގެ ކުޅުން ރާއްޖެއަށްވުރެ ރަނގަޅެވެ. އެޓީމުގައި ތިބި ކުޅުންތެރިންގެ ހަށިގަނޑުގެ ތަފާތާއި ހުނަރުގެ ވާހަކަ ދެއްކުމަކީ ހައްލަކަށްވެސް ނުވާނެއެވެ. އަދި ވަކި ކުޅުންތެރިއަކަށް އަމާޒުކޮށް ބަސްބުނުމާއި ކޯޗިންގ ސްޓާފުންގެ ބޮލުގައި ބަލިވުމުގެ ޒިންމާ އެޅުވުމަކީވެސް ހައްލެއް ނޫނެވެ.

"ބަލި" މި ލަފްޒަކީ ކުޅިވަރުގައި އަބަދުވެސް އަންނާނެ ލަފްޒެކެވެ. އެހެންނަމަވެސް އަބަދު ބަލިވުމަކީ އެކަމަށް ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. ދަނޑުގެ ހާލަތު، އެކަށީގެންވާ ވަރަށް ފަރިތަނުކުރެވުން، މޫސުމުގެ މައްސަލަ، އިދިކޮޅު ޓީމުގެ ހުނަރާއި ތަޖުރިބާގެ ވާހަކަތަކުން ފުއްދާލެވޭކަށް މިހާރަކު ނެތެވެ.

ކޮންމެ ބަޔަކުވެސް ބޭނުންވާނީ މެޗުން މޮޅުވުމެވެ. މިއީ ހަމައެކަނި ފުޓްބޯޅައިގައެއް ނޫނެވެ. މިދައްކަނީ ހުރިހާ ކުޅިވަރެއްގެ ވާހަކައެވެ. މީގައި ފުޓްބޯޅައެއް، ވޮލީއެއް، ބެޑްމިންޓަނެއް އެހެން ކުޅިވަރެއް އިސްތިސްނާ ކުރާކަށް ނެތީމެވެ.

ރާއްޖެއަކީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ޤައުމެކެވެ. ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެކެވެ. ކުލަބު ފެންވަރުގައާއި ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ދިވެހިން އަންނަނީ ގިނަގުނަ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ކާމިޔާބީ ހޯދުން ކިތަންމެ ފަސޭހަކަމަށްވިޔަސް އެކަން ތަކުރާރު ކުރުމަކީ ބުރަ ކަމެކެވެ. ދުރު މުސްތަޤުބަލަކަށް ކާމިޔާބީ ދެމެހެއްޓޭނީ ބުރަ މަސައްކަތުން ކަމަށްވާ އިރު، އަޅުގަނޑުމެން އަމާޒު ހިފަންވީ މިހާރު ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށެވެ.

ފާޑުކިޔާ މީހުން ފާޑުކިޔަ ދޭށެވެ. އަމާޒުވާ ފާޑުކިޔުންތަކުގެ ތެރެއިން ބިނާކުރުވަނިވި ފާޑުކިޔުންތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރުމަށް އިސްކަން ދޭށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް