އީރާނުގެ އަންހެން ކުޅުންތެރިއަކު އިސްލާމީ ހަމަތަކާ ޚިލާފްވެގެން 1 އަަހަރު ދުވަހަށް ސަސްޕެންޑްކޮށްފި

އީރާނުގެ އަންހެން ކުޅުންތެރިއަކު އިސްލާމީ ހަމަތަކާ ޚިލާފްވެގެން 1 އަަހަރު ދުވަހަށް ސަސްޕެންޑްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ޗައިނާގައި ބޭއްވި އިންޓަރނޭޝަނަލް ބިލިއަރޑް މުބާރާތެއްގައި ބައިވެރިވުމަށް ފޮނުވި ޗައިނާގެ ބިލިއަރޑް ކުޅުންތެރިއަކު އިސްލާމީ ހަމަތަކާއި ޚިލާފްވުމުން 1 އަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އޭނާ އާއިމެދު މިފިޔަވަޅު އެޅީ ކޮންކުށެއްކޮށްގެންކަން އީރާނުން ރަސްމީކޮށް ހާމަކޮށްފައެއް ނުވިނަމަވެސް އީރާނުން މިފަދަ ފިޔަވަޅުތައް އަޅަނީ ބުރުގާ ނެގުން، ގަޔަށް ބާރު ހެދުންލުން ފަދަ ކަންކަން ކުރުމުންނެވެ.

"ޗައިނާއަށް ފޮނުވި އަންހެން ކުޅުންތެރިއަކު އިސްލާމީ އުޞޫލުތަކާއި ޚިލާފްވުމުން ބައިނަލްއަޤްވާމީ މުބާރާތްތަކުން 1 އަަހަރު ދުވަހަށް ސަސްޕެންޑްކޮށްފިން." ކަމަށް ބުނެފައިވާއިރު އިތުރު އެއްވެސް ތަފްޞީލެއް ހާމައެއް ނުކުރެއެވެ.

އީރާނުގައި ބިލިއަރޑް ކްލަބްތަކުން ޢާންމުކޮށް ފުރުޞަތު ދެނީވެސް ފިރިހެނުންނަށެވެ. ބައެއް ކްލަބްތަކުން ޚާއްޞަ ވަގުތުތަކެއް ހަމަ އެކަނި އަންހެން ކުޅުންތެރިންނަށް ދެއެވެ.

މިފަދަ ދަތިތަކާއިއެކުވެސް އީރާނުގެ އަންހެން ކުޅުންތެރިން ދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުން ވަނަތައް ހޯދަމުންނެވެ.

މިދިއަ އޮކްޓޯބަރު މަހު ޔޫއޭއީގައި އޭސިއާ ބިލިއަރޑް ޗެމްޕިއަންޝިޕްގައި އީރާނުގެ އަކްރަމް މިޙައްމަދީ ވަނީ ބްރޯންޒް މެޑެއްޔެއް ހޯދައިފައެވެ. އޭނާއަކީ މިފަދަ މެޑެއްޔެއް އީރާނަށް ހޯދައިދިން ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް