ޤާނޫނާ ޚިލާފަށް ޤާސިމް ބަންދުކޮށްފައި ހުރި މައްސަލަ އެޓަރނީ ޖެނެރަލްގެ ސަމާލުކަމަށް ގެންގޮސްފި

ޤާނޫނާ ޚިލާފަށް ޤާސިމް ބަންދުކޮށްފައި ހުރި މައްސަލަ އެޓަރނީ ޖެނެރަލްގެ ސަމާލުކަމަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިޖުރާތުތަކާއި ޚިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބަންދުކޮށް ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުރި މައްސަލަ ދައުލަތުގެ ބަންޑާރަނައިބުގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޟް މިރޭވެސް ވިދާޅުވީ ޤާސިމް އިބްރާހީމް ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުރީ ޤާނޫނާއި ޚިލާފަށް ކަމަށާއި ޤާނޫނާއި ޚިލާފަށް އެމަނިކުފާނު ބަންދުގައި ނުބަހައްޓާ މިހާރުން މިހާރަށް މިނިވަން ކުރުމަށް ފުލުހުންނަށް ގޮވާލައްވާކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވީ ބާޠިލު އަމުރެއްގެ މައްޗަށް ކުރެވޭ ކޮންމެ ކަމެއް ވާނީ ބާޠިލު ކަމަކަށް ކަމަށާއި ޤާސިމް އިބްރާހީމް ހައްޔަރުކުރަން ނެރެފައިވާ ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށްވުމުން މުޅި މައްސަލަ އެވަނީ ބާޠިލުކަމަކަށްވެފައި ކަމަށެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވީ ޤާނޫނާއި ޚިލާފަށް ޤާސިމް އިބްރާހީމް ހިފައި ހައްޔަރުކޮށް ދޫނިދޫގެ ކުޑަގޮޅިއެއްގައި ބަހައްޓާފައި ހުންނަ ހުރުމަކީ ފުލުހުން ކުރަމުން ގެންދާ ބޮޑު ކުށެއް ކަމަށެވެ. އަދި އެއީ ބަލައި ތަޙްޤީޤް ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަންތައްތައް ޤާނޫނާއި އެއްގޮތަށް އަމަލުކޮށް ޤާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ފާރިޝް މައުމޫން ވެސް ވަނީ ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް