ފްރާންސްގައި ބޭއްވި މެރަތަންއެއް ދިވެހި އެތްލީޓަކު ފުރިހަމަކޮށްފި

ފްރާންސްގައި ބޭއްވި މެރަތަންއެއް ދިވެހި އެތްލީޓަކު ފުރިހަމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ފްރާންސްގައި ބޭއްވި މެރަތަންއެއް ދިވެހި އެތްލީޓެއް ފުރިހަމަކޮށްފިއެވެ.

ރާއްޖެ ގަޑިން ގާތްގަޑަކަށް މިއަދު މެންދުރު 11:30 އެހާކަންހާ އިރު، ފްރާންސްގައި ބޭއްވި ޝްނެއިޑަރ އިލެކްޓްރިކް މެރަތަން ޑި ޕެރިސްގައި ދުވެފައިވަނީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގައި ތަމްރީން ހަދަމުން އަންނަ އަޙްމަދު ޢަބްދުލްމަޖީދު (އަންދު) އެވެ.

ގާތްގަޑަކަށް ހަތް ހާހެއްހާ މީހުން ދުވި މި މެރަތަންގައި އަންދު ރޭސް ނިންމާފައިވަނީ 4.31.08 ންނެވެ.

އަންދު ބުނީ އެންމެ އުނދަގޫވީ "މާޙައުލު" ކަމަށާއި ޚާއްޞަކޮށް މެންދުރު ގަޑީގައި ދުވަން ޖެހުމަކީ އުނދަގޫވި ކަމެއް ކަމަށެވެ.

" އަލްޙަމްދުލިﷲ. މާލޭގަ ޓްރެއިނިންގ ހެދި އިރުވެސް ވަރަށް މަސައްކަތް ކުރިން މި މެރަތަންގަ 5 ގަޑި އިރު ހަމަނުކޮށް ނިންމަން. އިރާދަކުރެއްވިއްޔާ އެކަން ޙާޞިލުވެއްޖެ" ފްރާންސްގައި ހުރެ މިއަދުނޫހަށް އަންދު ބުންޏެވެ.

މީގެ އިތުރުން އަންދު ބުނީ މިއީ އޭނާގެ ފުރަތަމަ މެރަތަން ކަމަށާއި ފުރަތަމަ މެރަތަން ނިންމުނު ވަގުތާއި މެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިވަރުގެ ވަގުތަކުން ފުލް މެރަތަން (42 ކިލޯމީޓަރ) ރާއްޖެއިން ބޭރުގައި ނިންމާލެވުނީ ތަމްރީނު ކޮށްދިން ޓީއެފްޖީގެ ޓްރެއިނަރުންގެ ސަބަބުން ކަމަށްވެސް އަންދު ބުންޏެވެ.

"ހަގީގަތުގަ މިއީ ޓީއެފްޖީގެ ޓްރެއިނަރުންގެ މަސައްކަތް އިނގޭ. އެމީހުން އެއީ ހަމަ ބެސްޓް" އުފަލުން ހުރެ އަންދު ބުންޏެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް