ހުސްވި މާރޗު މަހު އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ބަލައިގެންފި

ހުސްވި މާރޗު މަހު އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ހުސްވި މާރޗު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ބުނީ މާރުޗު މަހު 1.32 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މާރޗު މަހާ އަޅާ ބަލާއިރު 19.2 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ.

އޭގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ލޭންޑް އެކުއިޒިޝަން ފީ އަދި ފަހަކަށް އައިސް ނަގަންފެށި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ މާރޗު މަހަށްވުރެ އިތުރުވުން ކަމަށްވެސް މީރާ އިން ބުންޏެވެ.

މާރޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %50.4 ނުވަތަ 665.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (275.1 މިލިއަން ނުވަތަ %20.8) އިންނެވެ.

މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާރޖް (73.3 މިލިއަން ރުފިޔާ ނުވަތަ %5.5)، ގްރީން ޓެކްސް (70.4 މިލިއަން ރުފިޔާ ނުވަތަ %5.3)، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ (65.6 މިލިއަން ރުފިޔާ ނުވަތަ %5.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ހިމެނެއެވެ.

މާރޗު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 62.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް