ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް އަންނަ މަހު ދިރާގުން ވިއްކަން ފަށަނީ

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް އަންނަ މަހު ދިރާގުން ވިއްކަން ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ބްރޭންޑް ކަމަށްވާ ސެމްސަންގް އެސް 8 އަދި ސެމްސަންގް އެސް 8 ޕްލަސް އަށް، ޕްރީއޯޑަރ ކުރުމުގެ ރެޖިސްޓްރޭޝަން މިރޭ 12 ޖަހާއިރަށް ހަމަވެ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ދިރާގުން ރާއްޖޭގެ މާކެޓަށް އެފޯނުތައް ނެރެ ވިއްކަން ފަށާނެ ކަމަށް އެކުންފުނިން މިއަދު ހާމަ ކޮށްފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިކަމާއި ގުޅޭގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތިގައި ސެމްސަންގް ގެލެކްސީ އެސް 8 އެސް އަދި އެސް 8 ޕްލަސް ފޯނުތައް ވަނީ ދައްކާލާފައެވެ.

ސެމްސަންގް އިން އަލަށް ނެރޭ ފޯނުތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ސެމްސަންގް ގެ ފަރާތުން ޝްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މެނޭޖިންގ ޑިރެކްޓަރ ޔޮންގް މިން ސިންގ ވިދާޅުވީ "ސެމްސަންގް އިން އަލަށް ނެރޭ ފޯނަކީ ސްމާޓްފޯންގެ ދުނިޔެއަށް އިންގިލާބެއް އިންގިލާބެއް ގެނައުވާނެ މޮބައިލް ޑިވައިސް އެއް" ކަމަށާއި "ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏާއި ގުޅިގެން މިފޯނު ގެނެސްދެވޭ ކަމަށްޓަކައި ސެމްސަންގް އިން ވަރަށް އުފާކުރޭ" ކަމަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގެ މާކެޓަށް ނެރެ، ދިރާގުން ވިއްކުމަށް ހަމަޖެހިފައިވާ ސެމްސަންގް 8 އެސް އަދި ސެމްސަންގް 8 ޕްލަސް ފޯނުގެ ޚާއްސަ ފީޗަރ ތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޝްރީލަންކާ ބްރާންޗުގެ ހެޑް އޮފް ބިޒްނަސް ނިޖެލް މާކް އެޑަމްސް ވިދާޅުވީ އެކުންފުނީގެ އައު ޕްރޮޑަކްޓަކީ ސަލާމަތީ ގޮތުންވެސް ހުރިހާ ކަމެއް ވަރަށް ބޮޑަށް ފުރިހަމަ ކޮށްފައިވާ ފޯނެއް ކަމަށެވެ. އަދި ދިރާގުން މިފޯނު ޕްރީއޯޑަރ ކޮށްފައިވާ ފަރާތްތަކަށް އީވޯ ޕްލަސް 64 ޖީބީ ގެ ކާޑެއްވެސް ހިލޭ ލިބޭނެ ކަމަށް ނިޖެލް ވިދާޅުވިއެވެ.

ސެމްސަންގް ގެލެކްސީ އެސް 8 ގައި ހުންނަނީ ލޯ-ލައިޓް އިސްލާހު ކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާއިއެކު އަށް މެގަޕިކްސެލް ފްރަންޓް ކެމެރާއެކެވެ. މިފޯނު "މޭޕަލް ގޯލްޑް" އަދި "މިޑްނައިޓް ބްލެކް" ކުލައިން ލިބޭ އިރު އެސް 8 ޕްލަސް ހުންނަނީ މިދެކުލައިގެ އިތުރުން "ކޮރަލް ބްލޫ" ކުލައިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ