ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސްއާއެކު ތަޢާރަފްކޮށްފި

ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސްއާއެކު ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ދިވެހިރާއްޖޭގައި ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ހިދުމަތްޖޯއިބޮކްސް މެދުވެރިކޮށް ލިބޭނެގޮތް މިއަދު ފައްޓައިފިއެވެ.

ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ. އައިޕީޓީވީ އަކީ އިންޓަޏެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ. ދިރާގު ގެ ހެޑް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއްގެ ގޮތުން 1 އަހަރުދުވަހުގެ ސަބްސްކްރިޕްޝަން ފީއާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން މުޅިން ހިލޭކަން ވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށްއިންޓަރނެޓް ޔޫސޭޖް އެލަވަންސަށ އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރުހަރަދެއް ނުހިނގާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

މިކަމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަލްފާޟިލް އަހްމަދު މައުމޫނު ވިދާޅުވިގޮތުން "އަޅުގަނޑުމެން މިދަނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނާއެކު ކަސްޓަމުރުންނަށް ވީހާވެސް ލުއިއަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން." މީގެ އިތުރުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ ޕޭ ޕަރ ވިޔު ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ ކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ.

މިއަދު ތައާރަފްކުރި ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ. މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލްއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ބައިވެރިންނަށާއި ނޫސްވެރިންނަށް ދިރާގުޓީވީގެ ޑިމޮންސްޓްރޭޝަނަކާއި ހާއްސަ ފީޗަރސްތައް ދައްކާލުންވެސް އޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު