ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވެއްޖެ – މިއަދުން ފެށިގެން ކޮންމެ ދޯންޏަކުންވެސް ކިރޭނީ ދުވާލަކު 2.5 ޓަނު.

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވެއްޖެ – މިއަދުން ފެށިގެން ކޮންމެ ދޯންޏަކުންވެސް ކިރޭނީ ދުވާލަކު 2.5 ޓަނު.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ބާރު ބޮޑުވުމާއެކު، ކޮންމެ ދޯންޏަކުންވެސް މަސްކިރުވޭ ޢަދަދަށް ބަދަލުގެނެސްފިއެވެ.

އެގޮތުން މިފްކޯއިން ބުނީ މިއަދުން ފެށިގެން ކޮންމެ ދޯންޏަކުންވެސް އެ ކުންފުންޏަށް އެންމެ ގިނަވެގެން ކިރުވާނީ 2.5 ޓަނުގެ މަސް ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ މިފްކޯއަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށް ކަމަށް މިފްކޯއިން ބުނެއެވެ.

ފާއިތުވި ދެ ދުވަހު 720 ޓަނު މަސް މިފްކޯ އަށް ކިރާފައިވާ އިރު، މިއީ ދުވާލަކު 360 ޓަނުގެ މަހެވެ.

މިފްކޯގެ ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެއެވެ.

އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް