ބީއެމްއެލްއިން އިންޓަރނެޓް ބޭންކިންގގެ އާ ޕްލެޓްފޯމެއް ތަޢާރަފްކުރަނީ

ބީއެމްއެލްއިން އިންޓަރނެޓް ބޭންކިންގގެ އާ ޕްލެޓްފޯމެއް ތަޢާރަފްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭނުންކުރަން ފަސޭހަ އިންޓަރނެޓް ބޭންކިންގގެ އާ ޕްލެޓްފޯމެއް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.

ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުން ބުނީ "ބީއެމްއެލް އިންޓަރނެޓް ބޭންކިންގ"ގެ އާ ޕްލެޓްފޯމް ލައިވްކުރުމަށް އޮންނާނީ މިރޭ ދަންވަރު ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ތަޢާރަފްކުރާ ޕްލެޓްފޯމުން ދައްކުވައިދެނީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމަށް ބޭނުންވާ އެ ކުންފުނީގެ ކަސްޓަމަރުން ދެއްވާ ޚިޔާލުތަކާ އެއްގޮތަށް ގެނައި ރަނގަޅު ބަދަލުތައް ކަމަށެވެ.

ބޭންކުން ކުރާ ކޮންމެ 10 މުޢާމަލާތުގެ ތެރެއިން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށް ކަމަށާއި އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގ އެޕް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު މިހާރުވެސް ދަނީ ވަރަށް ބާރު މިނެއްގައި އިތުރުވަމުން ކަމަށެވެ.

"ބޭނުންކުރަން ފަސޭހަ އަދި ގިނަ އާ ފީޗަރތަކެއް ހިމަނައިގެން އަލަށް ތައާރަފްކުރާ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ޔަގީން." އެންޑްރޫ ހީލީ ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އެކައުންޓުން ކުރާ މުއާމަލާތްތައް ބެލޭނެ ގޮތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމާއި ޓްރާންސްފަރ އަދި ފައިސާ ދެއްކުމުގެ ފަސޭހަތަކާއި ކުރިއަށް ވުރެ އަވަހަށް ލޮގިންވެ އަދި ޕާސްވޯޑް ރިސެޓްކުރުން ހިމެނެއެވެ.

މީގެ އިތުރުން ބީއެމްއެލް ލެޓަރހެޑްގައި އެކައުންޓް އަދި ކެރެޑިޓް ކާޑު ސްޓޭޓްމަންޓް ޑައުންލޯޑްކުރެވުމާއި އިންޓަރނޭޝަނަލް ޓްރާންސްފަރތަކަށް ބޭނުންވާނެ ލިޔެކިޔުން އަޕްލޯޑް ކުރެވޭނެ ނިޒާމާއި އެންމެ ފަހުގެ އެންޓި ފްރޯޑް އަދި އެހެނިހެން ސަލާމަތީ ފިޔަވަޅުތައްވެސް ހިމެނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް