އައިއައިޓީބީ ފެއާރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އައިއައިޓީބީ ފެއާރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

އިންޑިއާ އިންޓަރނޭޝަނަލް ޓްރެވަލް މާޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)އިން ހުޅުވާލައިފިއެވެ.

1998 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފެއާރ މި އަހަރު އޮންނާނީ އަންނަ ޖުލައި މަހުގެ 21 އިން 23 އަށެވެ. އަދި ފެއާރގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޑިއާގައި މިހާރު ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއާރ އެކި އަހަރުތަކުގައި ބާއްވަނީ އެކި ސިޓީތަކުގައި ބާއްވަމުން އަންނަ އިރު، މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ބެންގަލޫރުގައެވެ.

މި ފެއާރގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ފުރުޞަތު މަޓާޓޯއިން ހުޅުވާލާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާ މާކެޓުވެސް ފުޅާވަމުން އަންނަ އިރު، އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފައުބެއަހަރު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 66,955 އަށް އަރާފައެވެ. މިއީ 27.9 އިންސައްތަ އިތުރުވުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް