ޤައުމީ އެއަރލައިންގެ ފްލީޓަށް އިތުރު އުޅަނދެއް ގެންނަނީ..

ޤައުމީ އެއަރލައިންގެ ފްލީޓަށް އިތުރު އުޅަނދެއް ގެންނަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ޤައުމީ އެއަރލައިންގެ ފްލީޓަށް އިތުރު އުޅަނދެއް ގެންނަން ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރުމަށް ގެންނަ އެއަރބަސް A321 މަރުކާގެ މި ބޯޓު މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

އައިލެންޑް އޭވިއެޝަނުން A321 މަރުކާގެ ބޯޓެއް ގަތުމަށް މިދިޔަ މާރޗް މަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާގޮތުން އެ ބޯޓު ކުއްޔަށް ހިފާނީ މަދުވެގެން 6 އަހަރުގެ މުއްދަތަކަށެވެ.

އެ ބޯޓު ގެނައުމަށް ކުންފުންޏަކާއި އެކު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށާއި މިއަހަރު ތެރޭގައި އާ ބޯޓު ރާއްޖެއަށް ގެނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެހެން ނަމަވެސް ބޯޓު ގެންނާނެ ވަކި ތާރީޚެއް އަދިނުބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އައު ބޯޓު ލިބުމާއެކު ޓްރިވެންޑްރަމް އާއި ޗައިނާގެ އިތުރު މަންޒިލްތަކަށާއި ބެންކޮކަށްވެސް އިތުރު ދަތުރުތަކެއް ބާއްވާނެ ކަމަށެވެ.

މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ޗައިނާގެ ޝިއާން، ވޫހަން، ނަންޖިންގ، ޗޮންގޗިންގ، ޗެންގްދޫ، ޗަންޝާ، ތައިލެންޑުގެ ބެންކޮކް، އިންޑިއާގެ ޗެންނާއީ، ބަންގްލަދޭޝްގެ ޑާކާ އާއި އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރަމުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް