ފަގީރު ހާލަތަށް ނޫޅެވިގެން ކަމަށް ބުނެ 200 ރުޕީސް އަށް އަންހެން ދަރިފުޅު ވިއްކާލައިފި

ފަގީރު ހާލަތަށް ނޫޅެވިގެން ކަމަށް ބުނެ 200 ރުޕީސް އަށް އަންހެން ދަރިފުޅު ވިއްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިންޑިއާގެ ތުރައިޕުރާ އަވަށުގަައި އަންހެނަކު، ފަގީރު ހާލަތަށް ނޫޅެވިގެން ކަމަށް ބުނެ އޭނާގެ ތުއްތު ދަރިފުޅު އޮޓޯ ޑްރައިވަރަކަށް 200 ރުޕީސް އަށް ވިއްކާލައިފިއެވެ.

މިމައްސަލަ އާއްމުންގެ ސަމާލުކަމަށް އައިސްފައި ވަނީ، އެއަންހެން މީހާގެ ފިރިމީހާ ޚަނަޖޯއީ ރިއަންގް ފުލުހުންނަށް އެމައްސަލަ ހުށަހެޅުމުންނެވެ.

ރިއަންގްބުނިގޮތުގައި، ފަގީރު ހާލަތަށް ނޫޅެވިގެން ކަމަށް ބުނެ ދަރިފުޅު ވިއްކާލަން އޭނާގެ އަންހެނުން ކުރިންވެސް ވާހަކަ ދައްކާފައިވެއެވެ. އެކަމަށް އޭނާ ވަނީ އިންކާރުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް އަންހެނުންނަށް އަންގާފައެވެ. ނަމަވެސް އޭނާގެ ނުރުހުމުގައި، އޭނަ އަށް ނުވެސް އެނގި ދަންޝާއި (ބާބްލާ) ނަމަކަށް ކިޔާ މީހަކަށް، ރިއަންގް ގެ އަންހެނުން އެމީހުންގެ އަންހެން ދަރިފުޅު 200 ރުޕީސް އަށް ވިއްކާލީ އެވެ.

މިހާރު އެކުއްޖާ ހުރީ މަޗްކުމްބީ އަވަށުގައި ކަމަށް ވެސް ރިއަންގް ބުންޏެވެ.

ތުރައިޕުރާ އަވަށުގެ އެންމެ އިސް ވެރިޔާއަށް މިމަައްސަލަ ޖެއްސުމުން، ރިއަންގް އަށް އެމީހުންގެ ދަރިފުޅު އަނބުރާ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދަރިފުޅު ގަތް މީހާ އާއި ވާހަކަ ދެއްކުމަށްފަހު އަވަށުގެ އިސްވެރިޔާ ބުނީ، ދަރިފުޅު ދޭން ބާބްލާ އެއްބަސްވަނީ ހަމައެކަނި އެދަރިފުޅުގެ މަންމަ އަތައް ކަމަށެވެ.

ބާބްލާ ގެ ނިޔަތާއި މެދު ޝައްކުވާތީ ރިއަންގް ނިންމީ ދެން މިމައްސަަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށެވެ. އިންޑިއާގެ ލޯކަލް ޗައިލްޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް އޮފިސަރ (ސީޑީޕީއޯ) އާބިދް ޙުސެއިން ބުނެފައިވަނީ، ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ވިޔަސް، ޗައިލްޑްލައިން މެދުވެރިކޮށް އެކުއްޖާގެ ބެލެނިވެރިންނަށް އެކުއްޖާ އަނބުރާ ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ އެއްމަސް ތެރޭ އިންޑިއާގެ ތުރައިޕުރާ އަވަށުގައި، މިފަދަ ކަމެއް ހިނގައިގެން ރިޕޯޓު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ދެކުނު ތުރައިޕުރާ އަވަށުގައި 11 މަހުގެ ފިރިހެން ކުއްޖަކު 5000 ރުޕީސް އަށް ވަނީ ވިއްކާލާފައެވެ. އެކުއްޖާގެ މަންމަ އެކުއްޖާ ވިއްކާލާފައިވަނީ ފިރިމީހާގެ ބައްޔަށް ބޭސްކުރަން ފައިސާ ހޯދުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ