ސިފައިންގެ ޢާއިލީ ހަވީރަށް ބޮޑު ތަރުޙީބެއް!

ސިފައިންގެ ޢާއިލީ ހަވީރަށް ބޮޑު ތަރުޙީބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ރަސްފަންނުގައި ބޭއްވި ސިފައިންގެ ޢާއިލީ ހަވީރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން ޝަރަފުވެރިކޮށްދެއްވި މިއަދުގެ ޢާއިލީ ހަވީރުގައި ވަނީ ދިވެހިންގެ ކުރީގެ ދިރިއުޅުމާއި ކޮށް އުޅުނު ބައެއް މަސައްކަތްތަކާއި މަސައްކަތްކޮށް އުޅުނު ގޮތް ދައްކާލައިފައެވެ. އަދި އެކަންކަމަށް މިހާރު ލިބިފައިވާ ކުރިއެރުންވެސް ދައްކާލައިފައެވެ.

މީގެ އިތުރުން ސިފައިން ފޯރުކޮށްކޮށްދެމުން ގެންދާ ސީއެމްބިޔުލާންސްގެ ޚިދުމަތާއި އަދި މޫދު ުޅިވަރުތައްވެސް ވަނީ ކުޑަކުދިން ޝައުޤުވެރިވާ ގޮތަށް ދައްކާލައިފައެެވެ.

ސިފައިންގެ އެހެން ހަވިރުތައް ފަދައިން މިއަދުގެ ހަވީރުގައި ވެސް ބައެއް ހަތިޔާރާއި އަސްކަރީ ހުނަރުތައްވެސް ވަނީ ދައްކާލައި އަދި ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދީފައެވެ.

މިއަދުގެ ޢާއިލީ ހަވީރަކީ ވަރަށް ގިނަ މައުޅުމާތުތަކެއް ލިބޭގޮތަށް އިންތިޒާމުކޮށްފައިވާ ހަވީރަކަށްވާތީ ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް