އެސްޓީއޯ އިން ބިސް، ފިޔާ އަދި އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިފި

އެސްޓީއޯ އިން ބިސް، ފިޔާ އަދި އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަމަހަށް ޚާއްޞަކޮށްގެން ގެނައި ބިސް، ފިޔާ އަދި އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ބިސް، ފިޔާ އަދި އަލުވި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ރާއްޖެ އެތެރެ ކުރާ ބާވަތްތަކެކެވެ.

އަންނަ ބްރާސްފަތި ދުވަހާއި ހަމައަށް އެސްޓީއޯ ސްޕަރމާރޓް ހޯލްސޭލް ސެންޓަރުން މިތަކެތި ވިއްކާ އިރު، އެ ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 ން 12:30 ށް އަދި މެންދުރު ފަހު 13:00 ން ހަވީރު 17:00 އަށެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ދެ ނަމްބަރު ކޮށިން އެތަކެތި ވިއްކުމަށް ނިންމާފައިވާ އިރު، އެ ތަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ހަވީރު 16:00 އަށެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަހު ރަމަޟާން މަހު އެތަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔާ ކޮންމެ ދުވަހެއްގެ ހެނުނު 10:00 ން މެންދުރު ފަހު 15:00 އަށް ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އެސްޓީއޯގެ އައުޓްލެޓްތަކުންވެސް ބިސް، ފިޔާ އަދި އަލުވި އަގުހެޔޮކޮށް ލިބޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް