މެދުރާއްޖެތެރެއަށް ވައިޓް އެލާރޓް ނެރެފި

މެދުރާއްޖެތެރެއަށް ވައިޓް އެލާރޓް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

މޫސުން ގޯސްވުމާއި ގުޅިގެން މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށާއި އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން މިއަދު ހަވީރު 17:00 އާއި ހަމައަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ