އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ކުއާޓަރ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފި

އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ކުއާޓަރ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މޯލްޑިވްސް ޕޫލް އެންޑް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ 5 ވަނަ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ކުއާޓަރ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފިއެވެ.

ޕޮލިސް ކުލަބުން ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް ލިބުނު 9 ޕޮއިންޓާއެކު 4 ވަނަ ޓީމުގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މައްޗަށް ކުރި ލިބުމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މައްޗަށް ޕޮލިސް ކުލަބަށް ކުރިލިބެނީ ގްރޫޕް ސްޓޭޖުގައި ދެޓީމު ވާދަކުރި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވުމުންވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޕޮލިސް ކުލަބު ވާދަކުރަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ގަލޮޅު ޔޫތު ސެންޓަރުގައެވެ.

ޕޮލިސް ކުލަބުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރައީސް އޮފީހުގެ މައްޗަށް ކުރިހޯދާފައެވެ. ރޭ ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 2-1 ޓޭބަލުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު