ޓްރަމްޕް ސައުދިއަރަބިޔާއަށް އެރިގޮތަށް 10 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާލައިފި

ޓްރަމްޕް ސައުދިއަރަބިޔާއަށް އެރިގޮތަށް 10 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އެމެރިކާގެ ރައީސް ޓްރަމްޕް ސައުދި އަރަބިޔާއަށް އެރިގޮތަށް ފުރަތަމަ ވެސް ސޮއިކުރި އެއް އެއްބަސްވުމަކީ ސައުދި އަރަބިޔާއަށް ހަތިޔާރު ވިއްކައިގެން އެމެރިކާއަށް 10 ބިލިއަން ޑޮލަރު ހޯދުމުގެ އެއްބަސްވުމެކެވެ.

ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ ޓްރަމްޕުގެ މިދަތުރުގެތެރެއިން 110 ބިލިއަން ޑޮލަރުގެ ހަތިޔާރާއިބެހޭ އެއްބަސްވުންތައް އެކުލަވައިލެވޭނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ސޮއިކުރި އެއްބަސްވުންތަކުގެތެރޭގައި ދެ ޤައުމުގެ ދެމެދުގައި 380 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތައް ވެސް ހިމެނެއެވެ. އަމިއްލަ ކުންފުނިތަކާއި އަދި ދެ ސަރުކާރާއި މެދުގައި ކުރެވުނު މި އެއްބަސްވުންތަކުގެ ސަބަބުން ވިޔަފާރި އާއި ޓެކްނޮލޮޖީގެ ގޮތުން ދެ ޤައުމަށްވެސް ފައިދާކުރާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ 20 ކުންފުންޏަކަށް ސައުދިއަރަބިޔާގައި ސީދާ އިންވެސްޓް ކުރެވޭނެ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފައެވެ.

އެމެރިކާގެ ޚާރިޖީވަޒީރު ޓިލަރސަން ބުނީ މިއީ އެމެރިކާ އާއި ސައުދިއަރަބިޔާގެ މެދުގައި ފެށޭ ވިޔަފާރީގެ މުޅިން އައު ބާބެއް ކަމަށާއި މިކަމުގެ ސަބަބުން ދެ ޤައުމަށްވެސް ފައިދާކުރާނެ ކަމަށެވެ.

އެމެރިކާއަކީ އެމެރިކާ ބޭނުންވުމުން އެހެން ޤައުމުތަކުގެ ވިޔަފާރިތަކާއި އެކައުންޓްތައް ފްރީޒް ކުރުމަށް ވަރަށް ކުޅަދާނަ ޤައުމަކަށްވުމުން މި އެއްބަސްވުންތަކުގެ ސަބަބުން ހަޤީޤަތުގައި ސައުދިއަރަބިޔާއަށް ލިބޭނެ ފައިދާއަކާއިމެދު މިހާރުވެސް ވަނީ ސުވާލުތައް އުފެދިފައެވެ.

ދާދިފަހުން ވެސް އެމެރިކާއިން ވަނީ 11/9 ގެ ހާދިސާ އާއި ސައުދީ ސަރުކާރާއި ގުޅުވައި ސައުދިއަރަބިޔާގެ އިންވެސްޓްމަންޓްތަކާއި އެކައުންޓްތައް ފްރީޒްކުރުމުގެ ބިރުދައްކައިގެން ސައުދިއަަރބިޔާއިން އެތައް ސަކޭތަ މިލިއަން ޑޮަލަރެއް އަތުލައިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް