އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ވަކިވުމުން ކައިވެނި ނުކުރަން ނިންމިން- އަރްޖުން ކަޕޫރު

މައިންބަފައިން ވަކިވުމުން ކައިވެނި ނުކުރަން ނިންމިން- އަރްޖުން ކަޕޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިއެއް ކަމަށްވާ އަރްޖުން ކަޕޫރާއި ހެދި ގިނަ ޖިންސުން ލަތީފުން އަންނަނީ ދީވާނާ ވަމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ހާފް ގަރލްފްރެންޑް" އަށް ބޮކްސް އޮފީހުގައި ހޫނު ތަރުޙީބެއް ލިބި، ކާމިޔާބު ފިލްމަކަށް މިހާރުވެސް އެފިލްމުވުން އެއީ މިކަމުގެ އެއް ސަބަބެވެ.

އާޝިޤީ-2 ން ބެލުންތެރިންނަށް ތަޢާރަފްވި ކުޅަދާނަ އެކްޓްރެސް ޝްރަދާ ކަޕޫރާއިއެކީ ކުޅެފައިވާ "ހާފް ގަރލްފްރެންޑް" ބަލަން ސިނަމާއަށް ގިނައިން ގޮސްތިބީ އަންހެން ކުދިންކަން ވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

އުމުރުން މިހާރު 32 އަހަރުގެ އަރްޖުން ކަޕޫރު ބުނިގޮތުގައި، އޭނާ ކައިވެނި ކުރާނީ ކޮން ދުވަހަކުންތޯ ވަރަށް ގިނަ މީހުން އަހާފައިވެއެެވެ. ނަމަވެސް ފަހަކާއި ޖެހެންދެން ވެސް އެންމެންނަށް ވެސް އޭނާ ދެމުން ގެންދިޔައީ އެއް ޖަވާބެކެވެ. އެއީ އޭނާ ދުވަހަކުވެސް ކައިވެންޏެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް ވަރަށް ފަހުން ހަފިންގްޓަން ޕޯސްޓް އިންޑިއާ އަށް ދިން އިންޓަރވިއު އެއްގައި ވާހަކަ ދައްކަމުން އަރްޖުން ބުނެފައިވަނީ ކުރިން ކައިވެނި ނުކުރަން ނިންމައިގެން ހުރިކަމުގައި ވިޔަސް މިހާރު އޭނާ ޚިޔާލު ބަދަލުކޮށްފި ކަމަށެވެ.

"އުމުރުން 32 އަހަރު ފުރިފަވާއިރު، ކައިރީގަ މީހަކު ހުންނަން ބޭނުންވާނެ. މިއުމުރަށް އެޅުމުން ދެން އުމުރުގެ ބާކީބައި އެކަނިވެރިކޮށް ހޭދަކޮށްލަން ބޭނުމެއް ނުވޭ" އަރްޖުން ކަޕޫރު ބުނެފައިވެއެވެ.

ކުރިން ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމީ ކީއްވެތޯ ސުވާލު ކުރުމުން އަރްޖުން ބުނީ، އެއީ އޭނާގެ މައިންބަފައިން ވަކިވުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.

"އުމުރުން އެންމެ 11 އަހަރު މައިންބަފައިން ވަކިވެއްޖެ. މައިންބަފައިން ވަކިވުމުން ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމިން" އޭނާގެ ޙަޔާތުގެ ވާހަކަ ކިޔާދެމުން ބުންޏެވެ.

މަޝްހޫރު ބޮލީވުޑް ފިލްމު ޕްރޮޑިއުސަރ ބޯނީ ކަޕޫރު ގެ ދަރި އަރްޖުން ކަޕޫރު ބުނީ، އޭނާ ހޯދި ނަމާއި ކުރިއެރުމަކީ އަމިއްލަ މަސައްކަތުން ހޯދި އެއްޗެއް ކަމަށާއި އޭގައި އޭނާގެ ބައްޕަގެ އެއްވެސް އަތެއް ނުވާނެ ކަމަށެވެ.

އަރްޖުންގެ މަންމައާއިއެކު ކައިވެނި ރޫޅާލުމަށްފަހު ބޯނީ ކަޕޫރު ކައިވެނި ކުރީ 80 ގެ އަހަރުތަކުގައި ބޮލީވުޑްގައި ފިޔަޖަހަމުން އައި ތަރިއެއް ކަމަށްވާ ޝްރީދޭވީ އާއިއެވެ. އެކައިވެންޏަށް ދެ އަންހެން ދަރިންވެސް ބޯނީއަށް ލިބިފައިވެއެވެ. އެއީ ޖާންވީ އާއި ޚުޝީ ކަޕޫރެވެ.

އެއްބަފާ ކޮއްކޮމެންނާއި އެކު ގުޅުމެއް ނޯންނަ ކަމަށާއި މަންމަ މަރުވުމަށްފަހު ބައްޕަ ބޯނީ ކަޕޫރާއި ވެސް މާބޮޑު ގުޅުމެއް ނޯންނަ ކަމަށްވެސް އަރްޖުން ބުނެފައިވެއެވެ. އަރްޖުން ބުނީ ޝްރީދޭވީ އަކީ އޭނާގެ މަންމަ ކަމުގައި ދުވަހަކުވެސް ނުބަލާނެ ކަމަށާއި ނަމަވެސް ޝްރީދޭވީ އަށް އިޙްތިރާމް ކުރާކަމަށެވެ. އެއީ ބޮޑެތި މީހުންނަށް އިހްތިރާމް ކުރަން އަރްޖުންގެ މަންމަ ދަސްކޮށްދީފައިވާތީ ކަމަށް ވެސް އަރްޖުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ