ރާއްޖޭގެ ޒަކާތު ފަންޑަށް އެހީތެރިވެދެއްވި ބިލިއަނަރު ފީރޯޒް މަރޗަންޓް ޤައިދީން އެނބުރި ދިއުމަށް އެހީތެރިވެދެއްވަނި!

ރާއްޖޭގެ ޒަކާތު ފަންޑަށް އެހީތެރިވެދެއްވި ބިލިއަނަރު ފީރޯޒް މަރޗަންޓް ޤައިދީން އެނބުރި ދިއުމަށް އެހީތެރިވެދެއްވަނި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރާއްޖޭގެ ޒަކާތު ފަންޑަށް މަހަކު 10،000 ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދެވި ޔޫއޭއީގެ ބިލިއަނަރު ފީރޯޒް މަރޗަންޓް ޔޫއޭއީގެ ޖަލުތަކުގައި ތިބި ޤައިދީން އެނބުރި ޤައުމަށް ދިއުމަށް އެހީތެރިވެދެއްވަން ނިންމަވައިފިއެވެ.

މިގޮތުން ކޮންމެ މަހަކުވެސް 40،000 ދިރުހަމްގެ އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމަވައި މިއަދު ވަނީ ފަހުމްނާމާގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެދަށުން ޤައުމަށް ފޮނުވައި ދެއްވާނީ އެކިއެކިކަންކަމުގައި ބަންދުކުރެވި، އެމީހުންގެ އަތުގައި ޓިކެޓް ގަންނާނެ ފައިސާ ނެތިގެން އެނބުރި ޤައުމަށް ނުދެވިފައި ތިބި މީހުންނެވެ.

ފީރޯޒް ވިދާޅުވީ ޓިކެޓް ނުލިބިގެން އެނބުރި ޤައުމަށް ނުދެވިފައި ތިބި ޤައިދީންނަކީ މާބޮޑެތި ކުށްތަކެއް ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން އިންސާނީ ވާޖިބެއްގެ ގޮތުން މާތްﷲއަށްޓަކައި އެކަން ކޮށްދެއްވަން ނިންމެވީ ކަމަށެވެ.

ފީރޯޒް މަރޗަންޓް ރާއްޖޭގެ ޒަކާތު ފަންޑަށް ދެއްވަމުން ގެންދެވި އެހީ ދެއްވުން ހުއްޓަވައިލެއްވީ ސިޔާސީ ގޮތުން އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ހަސަދަވެރި ބައަކު ދޮގު އިލްޒާމްތަކެއް އަޅުވައި މައްސަލަތަކެއް ކުރިމަތިކުރުވުމުންނެވެ.

އެފަދަ ބޮޑު ނުބައި އަމަލުތައް ނުކުރިނަމަ މަހަކު 10،000 ޑޮލަރު އަދިވެސް ދާނީ ޒަކާތު ފަންޑަށް ޖަމާކުރެވެމުންނެވެ. އެއީ އަހަރަކަށް ބަލައިފިނަމަ އަހަރަކު 120،000 ޑޮލަރެވެ. ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާއެވެ.

އެފައިސާ ޖަމާކޮށްދެއްވަމުން ގެންދެވީ އެމްއެމްއޭ މެދުވެރިކުރައްވައިގެންކަން ވެސް ފާހަގަކުރެވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް