70% ރައްޔިތުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގަ އެބައޮތް- ނަރަކައިގެ އަލިފާނަށް ބިރުވެތިވޭ!: ޝައިޚް ޢަލީ ޒައިދު

70% ރައްޔިތުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގަ އެބައޮތް- ނަރަކައިގެ އަލިފާނަށް ބިރުވެތިވޭ!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

70% ރައްޔިތުން ރޯދަ ނުހިފައި ކައްކާ ކައި ހަދާ ރަށެއް މި ސައްތައިން ސައްތަ ދިވެހިރާއްޖޭގައި އެބައޮތް ކަމަށާއި އެއީ ނަރަކައިގެ އަލިފާނަށް ބިރުވެތިވާންޖެހޭނެ ކަމެއް ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ އަޞްރުނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދެކުނަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށަށް ވަޑައިގަތުމުން އެރަށުގެ މީހުންގެ ތެރެއިން 70% ރައްޔިތުން ރޯދަ ނުހިފާކަމާއި ޢާންމު މަހެއް ފަދައިން ކައްކާ ކައިބޮއިހަދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ސުވާލުކުރިން ތިއަ ދައްކަނީ ޕާޓޭންނޭ މިކިޔާ މީހުންގެ ވާހަކަތޯ ނޫނީ ހަމަ އާންމު ރައްޔިތުންގެ ވާހަކަތޯ. އެމީހުން ބުނީ ހަމަ ހުރިހާ އުމުރެއް ހިމެނޭ ގޮތަށް ރަށުގެ އާބާދީގެ 70 އިންސައްތައިގެ މީހުންގެ ވާހަކަކަމަށް އެދައްކަނީ. އަދި އެއީ މީގެ އެތައް އަހަރެއް ކުރިންސުރެ އެރަށުގައި އެކަން އޮންނަ ގޮތް ކަމަށް."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މާތް ﷲ އަށް މިފަދަ ބޮޑެތި އުރެދުންތައް އުރެދޭ މީހުން ނަރަކައިގެ ހޫނު އަލިފާނަށް ބިރުވެތިވާންޖެހޭނެ ކަމަށެވެ.

"ދުނިޔެ މަތީގައި މިގެންގުޅޭ އަލިފާނަކީ ނަރަކައިގެ އަލިފާނަށް ބަލައިފިނަމަ 70 އިންސައްތަ ފިނި ކުރެވިފައިވާ އަލިފާން. އެކަމަކުވެސް އަނބިމީހާ ކައްކާއިރު އުނދުންކައިރިއަށް ގޮސް ނިކަން އަލިފާނުގައި އިނގިލިކުރި ޖައްސާލަބަލަ. ދެން ވިސްނާލަބަލަ އެއިގެ 70 މިން އިތުރަށް ހޫނު ނަރަކައިގައި ތިމާގެ ހަށިގަނޑު އޮންނައިރު ކުރަންޖެހޭނެ އިހްސާސް."

ޝައިޚް ޢަލީ ޒައިދުވަނީ ނަރަކައިގައި ހުރި ގަދަފަދަ އަޛާބާއި ސުވާރުގޭގައި ހުރި މަތިވެރި ނިއުމަތްތަކުގެ ވާހަކަތައް ބަޔާންކޮށްދެއްވަވައިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







ޜީީ 2017-05-27 18:00:12

ކޮން ރަށެއްބާ

Ahmed 2017-05-27 18:34:24

No sheikh haadaha nuvisnaa <br /> Thi vidhaalhuvaa rasheh miraajeakuneh vidhaalhuvi vaahakaeke

Heenuvey 2017-05-27 18:37:48

Hada gaboolu kurandathi vahakaekey

ހަސަނު 2017-05-27 19:06:44

ކޮންރަށެއްކަން ނުބުނެ ދައކާވާހަކަ އަކީ ދޮގުވާހަކަ ތިކަހަލަ ވާހަކަ ނުފަތުރާ

ޑަރޯގާ 2017-05-27 19:07:48

ކޮންރަށެއްކަން ބުނެދެވިފައި ނެތުމަކީ ޝޭޚުންނެއް ކަމަކު ދޮގު ކަމަށް ބެލެވިދާނެ ކަމެއް,

ޑަންގިރި ކުޑާ 2017-05-27 19:16:23

ތިބުނާ ރަށުގެ ނަން ހާމަކުރުން މަނަލީބާ!!ނޫނީ ދީނީ ޟޭޙުން ބިރުގަންނަނީބާ!!

ޝިނާ 2017-05-27 19:27:37

އެއީ ކޮންރަށެއް

Vathanabey 2017-05-27 20:34:01

E ee kon rashehkanves bunelaadhin namathaa dhoa.

Hameed 2017-05-27 20:56:03

kon rasheh kan haama kollan ves nudhevunu dhoahthoa?

ޢަލީ 2017-05-27 21:05:33

އެއީ ކޮން ރަށެއްކަން ބުނެދީ....., އޭރުންތާ އެނގޭނީ އެބައިމީހުނަށް ހެޔޮ ވިސްނުން ދެއްވައިތޯ ދުޢާ ކޮއްލަންވެސް....☹

މުހައްމަދު 2017-05-27 22:05:08

ކޮންރަށެއްބާ

Nazim 2017-05-27 22:15:01

Emeehun thauba vumah govaalan adhi sarukaarun emrrhun islaahu kuravvaa

ސަމާ 2017-05-27 22:27:06

އެއީ ކޮންރަށެއްތޯ

Faathun 2017-05-27 22:59:27

Thi varuge bodhu vaahakaeh vidhaakuvi iru erashehge nann nubunee thee hithaama kuran

ޢަބުދޯ 2017-05-28 00:54:07

ތިޔަބަޔަކާ ދޭތެރޭ ޢަވަހައް ފިޔަވަލު އަޅުއްވާ

Sajid 2017-05-28 01:41:04

Infidel own property islands

Adam Ali 2017-05-28 01:47:31

!! E ee konrashehthoa

މުޙައްމަދު 2017-05-28 10:14:36

ރާއްޖޭގައި ތިފަދަ ރަށެއް އޮވެދާނަކަމަކަށް ޤަބޫލެއް ނުކުރެވޭ. ތިފަދަ ރަށެއް އޮންނަމަ މީގެކުރީން ވެސް މީހުން ތިވާހަކަ ނުދައްކާ ނުތިބިބޭނެކަމަށް ބެލެވެނީ . ތިޔައީ ޙަޤީގަތެއްނަމަ ސަރުކާރުގެ ކަމާއި ބެހޭފަރާތް ތަކުން ތެދުވަންޖެހޭ ! ތިފަދަރައް ރަށުގައިވެސް އޮފީސްތަކާއި ވެރީންނާއި , މިސްކިތްތައް ހުންނާނެ. ތަންދޮރުދަންނަ ނީހުން ވެސް އުޅޭނެ. އެމީހުން އަންގަންވީފަރާތައް ނައަންގާ ތިބޭނެކަމަކައް ނުބެލެވޭ.


އަބްދުއްލަތީފް