ރޮބަޓް ލަންޗަންމީޓް ރަމަޟާން ޕްރޮމޯޝަން ފަށައިފި

ރޮބަޓް ލަންޗަންމީޓް ރަމަޟާން ޕްރޮމޯޝަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އެސްޓީއޯ ސުޕަމާރޓުންރޮބަޓް ލަންޗަން މީޓަށް ހާއްސަކޮށް ކޮންމެ އަހަރުގެ ރަމަޟާންމަހު ބާއްވާ ރޮބަޓް ރަމަޟާން ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ ސްޕަމާޓުން ބުނީ ޑެންމާކްގެ ބްރޭންޑެއް ކަމަށްވާ ރޮބަޓް ލަންޗަން މީޓްގެ ހާއްސަ މިޕްރޮމޯޝަން ކުރިއަށްގެންދާނީ 27 މެއި 2017 އިން 31 ޖޫން 2017 ގެ ނިއަލަށް ކަމަށެވެ. އަގުހުރި އިނާމުތަކެއް ލިބިގެންދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ100/-ރުފިޔާއިން އިން މަތީގެ ރޮބަޓް ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ހޮވޭފަރާތަކަށް 1 އަހަރު ދުވަހު ހިލޭ އެސްޓީއޯ ސްޕަމާރޓުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 18000 ދެ ވަނައަށް ހޮވޭ ފަރާތަކަށް 15000 އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 15000 ރުފިޔޢގެ ތއކެތި ލިބޭނެއެވެ. އަދި އިތުރު 10 ނަސީބްވެރިންނަށް އަގު ހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ މި ފްރޮމޯޝަން ކުރިއަށްދަނީ އެސްޓީއޯ ސްޕަމާރޓާއި އެސްޓީއޯ ރީޖަނަލް އައުޓްލެޓުތަކުގެ އިތުރުން ވީބީ މާރޓް، މެގްނާ މާރޓް، އީވްނިގް މާރޓް، ސޮޕް އެންޑް ސޭލް އަދި އެމާ ފިހާރައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު