ކުރީގެ ނައިބު ރައީސް އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޢާއިލާއިން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޢާއިލާއިން އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޢާއިލާއިން އެދިއްޖެއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވަނީ ޕޮލިސް ކޮމިޝަނަރ އަޙްމަދު އަރީފަށާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާނަށް މިކަމަށްއެދި ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި މި ރޯދަމަހާ ދިމާކޮށް ސަރުކާރުން އަންނަނީ ގައިދީންނަށް ލުއިތަކެއް ދެއްވަމުން އަންނަ ކަމަށާއި އޭގެތެރޭގައި ޓެރަރިޒަމްގެ ކުށް ޘާބިތުވެފައިވާ ގައިދީން ވެސް ހިމެނޭކަން ވަނީ ފާހަގަ ކުރައްވާފައެވެ
.
މީގެ އިތުރުން އަދީބަށް ސިއްހީ އެކި މައްސަލަތައް ކުރިމަތިވަމުން ދާ ކަމަށާއި އޭގެ ތެރޭގައި ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އާއި އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ސިޓީ ސިރާޖު ފޮނުއްވާފައިވަ އިރު، އަދީބުގެ އާއިލާއިންވެސް ވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދިފައެވެ.

ޓެރަރިޒަމްގެ ކުށް ޘާބިތުވެފައިވާ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމާއި ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޒައިދުލް އަމީންވެސް ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް