ތިމާއަށް އެންމެ ބާއްޖެވެރި ދުވަސް އެކަކަށް ނުއެނގޭނެ- އޮތީ ކޮންމެ ދުވަހަކުވެސް އިޚްލާޞްތެރިވުން: ޝައިޚް ނަޝީދު

ތިމާއަށް އެންމެ ބާއްޖެވެރި ދުވަސް އެކަކަށް ނުއެނގޭނެ- އޮތީ ކޮންމެ ދުވަހަކުވެސް އިޚްލާޞްތެރިވުން: ޝައިޚް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މާތްﷲ ބަރަކާތްތެރި ކުރައްވަވާފައިވާ ދުވަސްތަކާއި މައްސަރުތަކާއި ބަޔާންވެގެންވާ ކަމަށާއި ނަމަވެސް ތިމާއަށް އެންމެ ބާއްޖަވެރި ދުވަހަކީ ކޮން ދުވަހެއްކަން އެކަކަށްވެސް ނުއެނގޭނެ ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވަމުން އާދީއްތަ ދުވަހު ޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވީ މީހެއްގެ އަމަލުތަކާއިމެދު މާތްﷲ ރުއްސަވައިވޮޑިގަންނަވާނީ އަދި އެމީހާގެ ފާފަތައް ފުއްސަވާނީ ކޮން ދުވަހަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެ ކަމަށެވެ.

ޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވީ އެންމެ މާތް ދުވަހަކީ ޢަރަފާތު ދުވަސް ކަމަށާއި، އެންމެ މާތް މައްސަރަކީ ރަމަޟާން މަސް ކަމަށެވެ. އަދި ހަފްތާގެ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމަށެވެ. ނަމަވެސް މީހެއްގެ ފާފަތައް މާތްﷲ ފުއްސަވާނީ ކޮން ދުވަހަކުކަން ހަމަ އެކަކަކަށްވެސް ނުއެނގޭއިރު އަޅުގަނޑުމެންނަށް އޮތީ ކޮންމެ ދުވަހަކުވެސް އިޚްލާޞްތެރިވުމާއި ތަޤްވާވެރިކަންމަތީގައި ދެމިހުރުން ކަމަށެވެ.

"އެމީހެއްގެ ހަޔާތުގަ އެންމެ ބާއްޖަވެރި ދުވަހަކީ އެމީހެއްގެ އަމަލުތައް މާތްﷲ ޤަބޫލުފުޅު ކުރައްވަވާ ދުވަސް. އަޅުގނޑުމެންގެ އަމަލުތައް އިޞްލާޙްކޮށް ޞާލިޙް އަމަލުތައް ކުރާނަމަ ހަމަ ކޮންމެ ދުވަހަކީވެސް އެދުވަސް ކަމުގައި ވެދާނެ."

ރަމަޟާން މަސް ފަދަ މާތްވެގެންވާ މައްސަރުތަކުގައި މާތްﷲގެ ހަޟްރަތުން ފާފަފުއްސެވުން އެދި ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ކަމަށްވިދާޅުވެ ޝައިޚް މުޙައްމަދު ނަޝީދު އާދަމް ވަނީ ރަމަޟާން މަހުގެ ބަރަކާތް އެންމެ ފުރިހަަމގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް ބާރު އަޅުއްވައިފައެވެ.

"އެއް ނަމާދުން އަނެއް ނަމާދަކީ ކުރެވޭ ކުދި ކުށްތަކަށް އޮތް ކައްފާރާއެއް. އެއް ހުކުރުން އަނެއް ހުކުރަކީ ކުދި ކުށްތަކަށް އޮތް ކައްފާރާއެއް. އެއް ރަމަފާން މަހުން އަނެއް ރަމަފާން މަހަކީ ކުދި ކުށްތަކަށް އޮތް ކައްފާރާއެއް. ނަމަވެސް އެ ނަޞީބު ލިބޭނީ އެކަމަށް އެދި މަސައްކަތްކުރާމީހާއަށް ރަމަޟާން މަހުގެ ހައްޤުތައް ފުރިހަމައަށް އަދާކުރާމީހާއަށް." ޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް