އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުރޭޑިއަންޓުގެ ކުޅުންތެރިއަކާއެކު އޮކްސިޖަން ކެފޭއިން ރޯދަ ވީއްލަން ބޭނުންތަ؟ މިއޮތީ އެ ފުރުޞަތު...

ނިއުރޭޑިއަންޓުގެ ކުޅުންތެރިއަކާއެކު އޮކްސިޖަން ކެފޭއިން ރޯދަ ވީއްލަން ބޭނުންތަ؟ މިއޮތީ އެ ފުރުޞަތު...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ރާއްޖޭގެ ފުޓްބޯޅައިގާ އެންމެ ކާމިޔާބު އެއްކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއަކާއެކު ރޯދަ ވީއްލުމުގެ ފުރުޞަތު އެ ކްލަބުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

އެ ކްލަބުގެ އެފްބީ ޕޭޖުގައި ޢާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕޯސްޓުގައިވާ ކުޑަކުއްޖާއަކީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށާއި އެއީ ކާކުކަން ދިމާކޮށްގެން އެކުޅުންތެރިޔާއާއެކު ދެމީހަކަށް އޮކްސިޖަން ކެފޭއިން ރޯދަ ވީއްލުން ލިބޭނެ ކަމަށެވެ.

ކޮންމެ ހަފުތާއަކުވެސް ހަފްތާއަކު އެއްފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އިރު، އެކަކަށްވުރެ ގިނަ މީހުން ރަނގަޅު ޖަވާބު ދިމާކޮށްފިނަމަ ރޯދަ ވީއްލުން ލިބޭ ފަރާތެއް ހޮވާނީ ގުރުއަތުން ކަމަށް އެޓީމުން ބުނެއެވެ.

ސަޕޯޓަރުންނާ ކުޅުންތެރިން އެއްމޭޒަކުން ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ހިންގާ މި ޕްރޮގްރާމުގެ އިތުރުން މިފަދަ ބައިވަރު ހަރަކާތްތައް ކުރިއަށްއޮްތ ތަނުގައިވެސް ރާވާފައިވާ ކަމަށް ނިއު ރޭޑިއަންޓުން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް