ވަރަށް ހެޔޮ އަގުތަކަކާއިއެކު ޕޮއިސް އިލެކްޓްރޯނިކްސް ހުޅުވައިފި

ވަރަށް ހެޔޮ އަގުތަކަކާއިއެކު ޕޮއިސް އިލެކްޓްރޯނިކްސް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ތަފާތު އެކި ވައްތަރުގެ ފެންވަރު ރަނގަޅު ސެންޓު ވިއްކުމަށް ރާއްޖޭގައި ނަން މަޝްޙޫރު ވެފައިވާ "ޕޮއިސް" އިން، ވަރަށް ހެޔޮ އަގުތަކަކާއިއެކު އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައެއް ރޭ 21:00 ގައި ހުޅުވައިފިއެވެ.

ރައްދެބައި މަގުގައި ހުންނަ "ޕޮއިސް" ފިހާރައިން ވިއްކުމަށް ހަމަޖެހިފައިވަނީ ނަން މަޝްޙޫރު ބްރޭންޑެއް ކަމަށްވާ "ނޮބެލް" ބްރޭންޑުގެ އިލެކްޓްރޯނިކްސް އެވެ.

ނޮބެލް ބްރޭންޑަކީ މިޒަމާނަށް ފެތޭ ގޮތަށް އުފައްދާފައިވާ ބްރޭންޑެކެވެ. އަދި ޒަމާނީ ވަރަށް ގިނަ ޚިދުމަތްތައް މިބްރޭންޑުން ލިބެން ހުރެއެވެ. އޭގެ ތެރޭގައި އެޗްޑީ ސްމާޓް ޓީވީ (އިންޓަރނެޓުގެ ޚިދުމަތް ލިބޭ ޓީވީ) ވެސް ހިމެނެއެވެ.

ޕޮއިސް އިލެކްޓްރޯނިކްސް އާއި ބެހޭ ގޮތުން "މިއަދުނޫހަށް" މަޢުލޫމާތު ދެމުން ޕޮއިސް ގެ މާކެޓިންގ އޮފިސަރ ޢަބްދުﷲ ޚުޝާމް ވިދާޅުވީ "ޕޮއިސް އިން އާއްމުކޮށް ކޮށްފައިވާ ވިޔަފާރި އަކީ ސެންޓުގެ ވިޔަފާރި. ނަމަވެސް މިހާރު ސެންޓުގެ އިތުރުން އެންމެ ފެންވަރު ރަނގަޅު އިލެކްޓްރޯނިކްސް ގެ ވިޔަފާރިވެސް ޕޮއިސް އިން މިވަނީ ފަށާފަ" ކަމަށެވެ.

މީގެއިތުރުން ޚުޝާމް ވިދާޅުވީ "ނޮބެލް ބްރޭންޑުގެ އިލެކްޓްރޯނިކްސް އަކީ މިހާރު މާކެޓުގައި ހުރި އެންމެ ފެންވަރު ރަނގަޅު ބްރޭންޑުތަކުގެ ތެރެއިން އެއް ބްރޭންޑު" ކަމަށާއި "ޕޮއިސް އިން ހުރިހާ އިލެކްޓްރޯނިކްސް ސާމާނެއް ވެސް ލިބެން ހުންނާނީ މާލޭގައި މިހާރު ހުރި އަގުތަކަށް ވުރެ އަގު ހެޔޮކޮށް" ކަމަށެވެ.

ޕޮއިސް އިން ލިބޭ އިލެކްޓްރޯނިކްސްތަކުގެ ތެރޭގައި ޓީވީ، ގޭސް އުނދުން، ދޮންނަ މެޝިން (އޮޓޯ މެޝިން)، ވޯޓަރ ޕިއުރިފައިޔަރ، ކަރަންޓު ސައިކުރާ، ރައިސް ކުކަރ، ވެކިއުމް ކްލީނަރސް، އިސްތިރި، ރެފްރިޖެރޭޓަރ އަދި މިކްސަރު ފަދަ ގޭގައި ބޭނުންކުރެވޭ ސާމާނު ހިމެނެއެވެ.

ޕޮއިސް އިލެކްޓްރޯނިކްސް ރަށްދެބައިމަގުގައި ހުޅުވާފައިވާއިރު، ސެންޓު ވިއްކާ ފިހާރަ މިހާރު ހުންނަނީ މަޖީދީމަގުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ