މަންމައަށް ސިއްރުން ރޯދަ ހިފަން ފެށީ ސުވަރުގެދާން ވަރަށް ބޮޑަށް ބޭނުންވާތީ- 7 އަހަރުގެ އާރިޒް

މަންމައަށް ސިއްރުން ރޯދަ ހިފަން ފެށީ ސުވަރުގެދާން ވަރަށް ބޮޑަށް ބޭނުންވާތީ- 7 އަހަރުގެ އާރިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު


އުމުރުން 7 އަހަރުގެ ޢާރިޒް ތަލްހާ ފުރިހަމަ ރޯދައެއް ހިފި މިއަހަރުއެވެ. މިހައިތަނަށް އޭނާ ހިފަނީ ބައި ރޯދައެވެ. އޭނާގެ ަމައިން ބަފައިން ބުނަނީ ފުރިހަމަ ރޯދައެއް ހިފަން އޭނާ އަދި މާކުޑަ ކަމަށެވެ.

އާރިޒް ބުނީ މައިން ބަަފައިން ދައްކާ ވާހަކަ ޤަބޫލުކުރަން މިއަހަރު ބޭނުން ނުވީ ކަމަށެވެ. އަދި ރޯދަ ހިފުމަކީ އޭނާއަށް ކުރެވިދާނެކަމެއްކަން ބަލަން ބޭނުންވީ ކަމަށެވެ. "މިހާރުވެސް އަހަރެންނަށް ޔަޤީން ކުރެވޭ ރޯދަ ހިފުަމަކީ އިސްލާމް ދީނުގެ 5 ރުކުނުގެ ތެރެއިން ރުކުނެއްކަން. އަދި ރޯދަ ހިފުމަކީ ސުވަރުގެ ދެވޭ ސަބަބެއްކަން. އަހަރެން ބޭނުން ސުވަރުގެ ދާން. އެހެންވެ ރޯދަ ހިފަން ފެށީ."

އާރިޒް ބުނީ އޭނާ ރޯދައަށް ހުންނަން ބޭނުންވި ފުރަތަމަ ދުވަހު އޭނާ ހުރީ ރޯދައަށްކަން މަންމައަށް ނުއެނގޭނެ ކަމަށާއި ރޯދަ ހިފީ މަންމައަށް ސިއްރުން ކަމަށެވެ. "އަހަރެންނަކީ ދުވާލަކު 3 ފަހަރު ކިރުުތަށި ބޯ ކުއްޖެއް. އެހެންވެ ޤަބޫލެއްވެސް ނުކުރަން ކިރު ތަށި ނުބޮއި ހުރެވޭނެކަމަށް."

އާރިޒް ބުނީ ރޯދަ ފަރުޟު ކުރެއްވެވީ މާތްﷲ ކަމާއި ރޯދަ ހިފުމަކީ މާތްﷲ އެންމެ ލޯބިވެވޮޑިގެންވާ އަޅުކަންކަން ޓީޗަރު ކިޔައިދިނީ މިއަހަރު ކަމަށާއި އެދުވަހުން ފެށިގެން އޭނާ ހުރީ ރޯދަ ހިފަން ބޭނުންވެގެން ކަމަށެވެ. "އަހަރެން ބޭނުން މާތްﷲ އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވަން. އެހެންވެ ރޯދަ މިހިފަނީ. އެކަން ހިތަށް އެރީމަ ބަނޑުފައެއް ނުވޭ. ކަރެއްވެސް ނުހިއްކާ." އުނދަގުލެއްވެސް ނުވޭ."

އާރިޒްގެ މަންމަ ބުނީ އިއްތިފާގުން އެދުވަހު ރޯދަ ވީއްލަން ދާން އޮތީ އާރިޒްގެ ބޮޑުބޭބެގެ ގެއަށް ކަމަށެވެ. އާރިޒް އޭނާ ހުރީ ރޯދައަށް ކަމަށް ބުނީ އެގެއަށް ދާން ކާރަށް އެރުމަށްފަހުގައި ކަމަށެވެ. "އަހަރެމެންނަށް ލިބުނީ ކުއްލިި ހައިރާން ކަމެއް."
އާރިޒްގެ މަންމަ އާއި ބައްޕައަކީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ލޯބިކުރާ ޞާލިޙް ދެމަފިރިންނެވެ.

އާރިޒް އަކީ ދުބާއީގެ ކުއްޖެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް