ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް އޮންނާނެ: ތަރުޖަމާން

ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް އޮންނާނެ: ތަރުޖަމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ޢަލީ ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެފައިވަނީ ރައީސްގެ ދެކަނބަލުންނާއި ފިޠުރު ޢީދު ސަލާން ކުރެއްވުން ފިޠުރު ޢީދު ދުވަހު އޮންނާނެ ކަމަށެވެ. އަދި އޮންނާނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 09:00 ން 10:00އަށް ދަރުބާރުގޭގައި ކަމަށެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހިއެންމެހާ ލޮބުވެތި ރައްޔިތުންނާއި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއިބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސްގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއްކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް