މިއަހަރުގެ ފިޠުރު ޢީދުވެސް ލަންކާގެ ސޯސަން ވިލާގައި ކުލަގަދަކޮށް ފާހަގަކުރަނީ..

މިއަހަރުގެ ފިޠުރު ޢީދުވެސް ލަންކާގެ ސޯސަން ވިލާގައި ކުލަގަދަކޮށް ފާހަގަކުރަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު



މިއަހަރުގެ ފިޠުރު ޢީދުވެސް ސްރީލަންކާގެ ސޯސަން ވިލާގައި ކުލަގަދަކޮށް ފާހަގަކުރަމުން އެބަގެންދެއެވެ.

އެގޮތުން މިއަހަރުގެ ފިތުރު ޢީދު ނަމާދުވެސް ވަނީ ސްރީލަންކާގައި ހުންނަ ސޯސަން ވިލާގައި ކޮށްފައިވާ އިރު، ގާތްގަޑަކަށް 1200 އެއްހާ ދިވެހިން ވަނީ ޢީދު ނަމާދަށް ސޯސަންވިލާއަށް ގޮސްފައެވެ. އަދި ޚުޠުބާ ކިޔާފައިވަނީ ދިވެހިބަހުންނެވެ.

ޢީދު ނަމާދަށްފަހު، ޙާޟިރީންނަށާއި އެމަރުކަޒުގެ ދަރިވަރުންގެ ބެލެނިވެރިންނާއި މުވައްޒަފުންގެ ފަރާތުން ހެނދުނުގެ ސައިފޮދެއް ވަނީ އަރުވާފައެވެ. އެއަށްފަހު ޙާޟިރުވި ކަނބަލުންގެ މެދުގައި ދެޓީމަކަށް ބަހާލައިގެން ބަށި މެޗެއް ކުޅެފައިވެއެވެ.

މި މެޗުން މޮޅުވި އަންހެން ޓީމާއި ފިރިހެނުންގެ ޓީމަކާއި އެކުވެސް ފޯރިގަދަ ބަށި މެޗެއް ވަނީ ކުޅެފައެވެ.

ޢީދުގެ އުފަލުގައި މިއަދު ހަވީރު 16.00 ގައި ފުޓްސަލް ޔައި.ޑީ.ޕީގެ މެޗެއް ކުޅުމަށް ނިންމާފައިވާ އިރު، "ފާދަރސް" އަދި "ނޮން-ފާދަރސް" ގެ މެދުގައި ފުޓްސަލް މެޗެއް ކުޅެވޭނެއެވެ.

ޢީދުގެ މިހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ 20.30 ގައި ލަންކާގައި ދިރިއުޅޭ ދިވެހި ކަނބަލުންގެ މެދުގައި ހޭންޑް ބޯޅަ މެޗެއް ކުޅުމަށްވެސް ވަނީ ނިންމާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް