އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެއްކާވެސް ރާއްޖޭގަ ފާނަބަސަންދު އިތުރުވަނީ – ސަމާލުވޭ!...

އަނެއްކާވެސް ރާއްޖޭގަ ފާނަބަސަންދު އިތުރުވަނީ – ސަމާލުވޭ!...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ރާއްޖޭގައި ފާނަބަސަންދު އިތުރުވާން ފަށައިފިއެވެ.

ފާނަބަސަންދަކީވެސް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ބައްޔެކެވެ. ޚާއްޞަކޮށް ކުޑަކުދިންނެވެ.

މިދުވަސްވަރު ފާނަބަސަންދަށް ފަރުވާ ހޯދަމުން އަންނަ މީހުން އިހުނަށްވުރެ އިތުރުވެފައިވާ ދުވަސްވަރަކަށް ވާތީ، ފާނަ ބަސަންދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިންގައިން ގަޔަށް އަރާ ބައްޔަކަށްވާ އިރު، މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ.

ނަމަވެސް ޢާންމު ގޮތެއްގައި މި ބަލިޖެހެނީ ކުޑަކުދިންނަށެވެ. އެއްފަހަރު ޖެހިފައިވާ މީހުންނަށްވެސް ބައެއް ފަހަރަށް ދެވަނަ ފަހަރަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ، ސަމާލުވާން ޖެހެއެވެ. ޢުމުރުން ދުވަސްވީ މީހުންނާއި ޅަ ޢުމުރުގެ ކުދިން ވަރަށްބޮޑަށް ސަމާލުވާން ޖެހެއެވެ.

މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސްކުރެވުމާއި ހުންއައުމާއި ކާހިތްނުވުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވުމާއި ބަނޑުގައި ރިއްސުމާއި ބްލިސްޓަސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން ހިމެނެއެވެ.

ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުންއަންނާނެއެވެ. މި ދުވަސްވަރު ހަށިގަނޑުން ބިހި ނުނެގިނަމަވެސް ބަލިމީހާ ކެއްސައި، ކިނބިހި އަޅާ ހަދާއިރުކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހޭނެތީ، މިއީ ސަމާލުވާންޖެހޭނެ ކަމެކެވެ.

ބަލިމީހާގެ ގައިން ބިހިނަގަން ފެށުމުން އޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި ތުވާއްޔާއި އަންނައުނު ފަދަ ތަކެތިބޭނުން ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހޭނެއެވެ. އަދި ގައިގަ ހުންނަބިހިތައް ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށްފެތުރުމުގެ ފުރުޞަތު އޮންނާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މި ބައްޔަކީ މިއީ ނުރައްކާތެރި ބައްޔެއްކަމަށް ގިނަބަޔަކަށް ހީވެފައި އޮތްނަމަވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ ހީކުރާވަރުގެ ނުރައްކާތެރި ބައެއްޔެއް ނޫންކަމަށެވެ. މިބަލި ޖެހޭ މީހުން ދިހަވަރަކަށް ދުވަސްތެރޭގައި ޢާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް މިބަލިޖެހޭ މީހުންގެ ތެރެއިން މަދުބައެއްގެފުއްޕާމެއަށް ނުވަތަ ސިކުނޑިއަށް އަސަރު ކުރުމުން ނުރައްކާވެ، ފުރާނައަށްގެއްލުންވާ ހިސާބަށްދާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއެވެ. އަދި މާބަނޑު ދުވަސްވަރު މިބަލި ޖެހޭ މީހުންގެތެރެއިން މަދު ބަޔަކަށް އެކަމުގެ ސަބަބުން ނުރައްކާވާ އިރު، މަދުބައެއްގެ ބަނޑުގައިވާ ކުއްޖާއަށްވެސް ނުރައްކާވެއެވެ.

ފާނަބަސަންދު އެއްފަހަރުވެސް ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުޞަތު ވަރަށްބޮޑު ކަމަށާއި އެހެންނަމަވެސް އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށް ދެވަނަ ފަރަހަށް މިބަލިޖެހުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ޑޮކްޓަރުންނާއި ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހެއްގެ ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން، ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށް ނުފޮނުވުން، ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ ގޭގެ އެހެން މީހުންނާ ވަކިކުރުން ހިމެނެއެވެ. އަދި އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކުރަންވާނެއެވެ. އެހެންމީހުންގެ ސަލާމަތަށްޓަކާއެވެ.

މިބަލިން ރައްކާތެރިވުމަށް ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ވެކްސިންޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ފާމަސީތަކުން ޢާންމުކޮށް ލިބެން ހުންނަވެކްސިންއެކެވެ. މުސްކުޅިންނާއި މާބަނޑު މީހުންނާއި ހަށިގަނޑުގެ ދިފާޢީ ނިޒާމްބަލިކަށިވެފައިވާ މީހުން މި ވެކްސިން ޖަހަން ސަމާލުވާންޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް