އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފީފާ ކޮންފެޑެރޭޝަން ކަޕް ފައިނަލްގެ ޕްރިވިއު: ޗިލީ – ޖަރުމަން.

ފީފާ ކޮންފެޑެރޭޝަން ކަޕް ފައިނަލްގެ ޕްރިވިއު: ޗިލީ – ޖަރުމަން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު


ކޮންމެ ހަތަރު އަހަރުން އެއްއަހަރު ފީފާއިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ފައިނަލްގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށް ނުކުންނައިރު، ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީގެ އުންމީދަކަށް ވާނީ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ޖަރުމަން ގިނަ ބަޔަކު ދެކުނު ނަމަވެސް، ޗިލީ ބަލިކުރުމަކީ އެ ޓީމަށް ފަސޭހަކަމަކަށް ނުވާނެއެވެ.

ޖަރުމަނަށް 25 އަހަރުގެ ތެރޭގައި އަދި މި މުބާރާތުގެ ތައްޓެއް ނުލިބެއެވެ. ވަރަށް ޒުވާން ކުޅުންތެރިންތަކަކާއި އެކު މިފަހަރު މި މުބާރާތުގައި ވާދަކުރާ ޖަރުމަން ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް ނުހިމެނުނަސް އެޓީމުގައި ތިބި ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން ބަލި ކުޅުންތެރިންނެއް ނޫނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ތަޖުރިބާގެ ގޮތުން ބަލިކަށި ކުޅުންތެރިންތަކެއް ހިމެނޭ ޖަރުމަނު މި މުބާރާތް ކާމިޔާބުކުރާނެއެވެ. ފްރާންސްގައި 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ބަލިވެ ކުރިމަތިވި ނާކާމިޔާބަށް ފަހު މި މުބާރާތް ކާމިޔާބުކުރެވުމަކީ ޖަރުމަނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. ހާއްޞަ ކޮށް ކުރިޔަށް އޮތް ވަރލްޑްކަޕަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށްވެސް ވާނެއެވެ.

މިއީ މި މުބާރާތުގެ ފައިނަލްގައިވެސް އަދި މި މުބާރާތުގައި ޖަރުމަނާއި އާއި ޗިލީ ކުޅޭ ފުރަތަމަ ފަހަރެވެ. އަދި ފައިނަލެއްގައިވެސް މިއީމިދެޓީމުބައްދަލުކުރާފުރަތަމަފަހަރުކަންވެސްފާހަގަކޮށްލަންޖެހެއެވެ.

ޗިލީއަށް މިހާތަނަށް ބައިނަލްއަޤުވަމީ ބޮޑުމުބާރާތަކަށް ކާމިޔާބު ކުރެވިފައިވަނީ 2015 އަދި 2016 ވަނަ އަހަރު ބޭއްވި ކޮޕަރއެމެރިކާ ފުޓްބޯޅަ މުބާރާތެވެ. އިތުރު މުބާރާތެއް އެޓީމަށް ކާމިޔާބެއް ނުކުރެވެއެވެ. އެކަމަކު މިއީ އިތުރު މުބާރާތެއްގެ ތަށި ހޯދަން ޗިލީ އަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ޗިލީން ވަނީ މީގެ ކުރިން ފީފާ ވަރލްޑް ކަޕާއި ކޮޕަރ އެމެރިކާ އެ ޤައުމުގައި ޖުމްލަ 7 ފަހަރު ބާއްވާފައެވެ. އެކަމަކު މީގެ ކުރިން އަމިއްލަ ގައުމުގައި ބޭއްވި މުބާރާތެއްގެ ސެމީ ފައިނަލާ ހަމައަށް ވެސް ޗިލީ އަށް ދަތުރެއް ނުކުރެވެ އެވެ.
ޗިލީގެ އެންމެ ކާމިޔާބު މުބާރާތުގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ކޮޕަރއެމެރިކާއެވެ.

ކޮޕަރ އެމެރިކާގެ ފައިނަލްގައި ޗިލީ ވަނީ ހަ ފަހަރު ކުޅެފައެވެ. އޭގެތެރއިން ދެފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. ދެން އިތުރު ކާމިޔާބީއަކަށް ބަލާއިރު އެޓީމު ވަނީ 1962 ވަނަ އަހަރު ބޭއްވި ވަރލްޑްކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެ މުބާރާތުގެ ތިންވަނަވެސް ހޯދާފައެވެ.

ޖަރުމަން މީގެ ކުރިން މި މުބާރާތުގައި ކުޅެފައެއް ނުވެއެވެ. މި އަހަރުގެ މުބާރާތް އެޓީމުން ކާމިޔާބުކޮށްފި ނަމަ، މިއީ މި މުބާރާތް އެޓީމުން ކާމިޔާބުކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ޖަރުމަނުވެސް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެޓީމު އެއްވަރުވެފައިވަނީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗެ.
މި މުބާރާތުގައި ކުއާތާފައިނަލް ނުހިމެނޭއިރު ގްރޫޕް ސްޓޭޖުން އެންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ދާނީ ސެމީފައިނަލަށެވެ. އެގޮތުން ސެމީފައިނަލްގައި ޖަރުމަނު ކުޅެފައިވަނީ މެކްސިކޯއާ ދެކޮޅަށެވެ. މި މެޗު 1-4 ގެ ނަތީޖާއަކުން ޖަރުމަން ވަނީ ކުރިހޯދާފައެވެ.

ޖަރުމަނަކީ ދުނިޔޭގެ ނިސްބަތުން ތަރިން ގިނަ ޓީމެކެވެ. އެގޮތުން ޖަރުމަނު ޓީމުން މިފަހަރުގެ މުބާރާތަށް ނަގާފައިވާ ސްކޮޑުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ޖޫލިއަން ޑްރެޒްލާ އާއި ލިއޮން ގޮރެޒްކާ އާއި ލާސް ސްޑިޑްލް އަދި ފަހަތަށް ކުޅޭ އާސެނަލްގެ ޑިފެންޑަރ މުސްތަފީގެ އިތުރުން ހެކްޓަރ ގެ އިތުރުން ސްޕެއިންގެބާސެލޯއަށްކުޅޭހުނަރުވެރިގޯލްކީޕަރުސްޓެގެންވެސްފާހަގަކޮށްލެވެއެވެ.

ޗިލީގެ އެންމެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެލެކްސިސް ސަންޗޭޒް އާއި އާޓޫރޯ ވިޑާލް އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ. ބްރާވޯއަކީ މި މުބާރާތުގައި އެޓީމު ފައިނަލަށް ގެންގޮސްދިން ބަތަލެވެ. ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން ނަތީޖާނެރެން ޖެހުނުއިރު ޕޯޗުގަލްއިން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް ބްރާވޯ ވަނީ މަތަކޮށްފައެވެ.

މި މުބާރާތުގައި އެންމެ ބޮޑަށް ވިދާލައިފައިވަނީ ވެސް ބްރާވޯއެވެ. ޗިލީން އޭނާ ފާހަގަކޮށްފައިވަނީ ގައުމީ ބަތަލެއްގެ ގޮތުގައެވެ.

މީގެ އިތުރުން ދެން އެޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ފޯވަޑް އެޑުއާޑޯ ވާރްގާސް އެވެ. މި މުބާރާތުގައި އޭނާއަށް ލަނޑެއް ނުޖެހުނަސް ވަރްގަސް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

މިދިޔަ ސީޒަންގައި އާސެނަލްގައި ސަންޗޭޒް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު މި މުބާރާތުގައި އޭނާވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޗިލީގެ ކޯޗު އެންޓޯނިއޯ ޕިޒީގެ އުންމީދަކަށް ވާނީ މިރޭގެ ފައިނަލްގައި ސަންޗޭޒްގެ ޖާދޫ ފެނިގެންދިއުމެވެ.

ޗިލީ އާއި ޖަރުމަން އެންމެ ފަހުން ކުޅުނު ދެމެޗުގެ ނަތީޖާއަށް ބަލާއިރު މި މުބާރާތް ފިޔަވައި މި ދެޓީމު މީގެ ކުރިން ބޮޑު މުބާރާތެއްގައި ވާދަކޮށްދައެއް ނުވެއެވެ. މި ދެޓީމު އެންމެ ފުރަތަމަ ވެސް ވާދަކޮށްފައިވަނީ މެޗުގައިވެސްއާޖެންޓީނާގެމައްޗަށްޗިލީއަށްކުރިހޯދިފައެއްނުވެއެވެ. ޗިލީއަށްއެންމެފަހުންއވަނައަހަރުއެކުވެރިކަމުގެމެޗެއްގައެވެމިމެޗު 0-1 ގެނަތީޖާއިންޖަރުމަންކާމިޔާބުކުރިއިރުއެންމެފަހުމިދެޓީމުބައްދަލިކޮށްފައިވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ޖަރުމަންއަކީ ޔޫރަޕްގެ އެންމެ ކާމިޔާބު ޓީމޭވެސް ބުނެވިދާނެއެވެ. އެޓީމު ވަނީ މިހާތަނަށް 4 ވޯލްޑްކަޕް އަދި 3 ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ. ޖަރުމަން މިއަހަރު އެކި ގޮތްގޮތުން ބައިނަލްއަޤުވާމީ 8 މެޗު މި އަހަރުތެރޭގައި ވަނީ ކުޅެފައެވެ. އޭގެން އެއްވެސް މެޗަކުން އެޓީމު އަދި ބަލިވެފައެއް ނުވެއެވެ.

އެހެންނަމަވެސް ޗިލީ އަށް އަދި މިހާތަނަށް ވޯލްޑްކަޕެއް ކާމިޔާބުކުރެވިފައި ނުވެއެވެ. އެހެން ނަމަވެސް ކޮޕައެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައިވެއެވެ. އިތުރު ކާމިޔާބީއެއް ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި ޗިލީއަށް އަދި ހޯދިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން