''ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި'' މުބާރާތުގެ ފަނޑިޔާރުކަން ކުރި ގޮތާމެދު ޤާރީ މަޢުޞޫމްގެ ހުރި ކަންބޮޑުވުންތަށް-

''ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި'' މުބާރާތުގެ ފަނޑިޔާރުކަން ކުރި ގޮތާމެދު ޤާރީ މަޢުޞޫމްގެ ހުރި ކަންބޮޑުވުންތަށް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 20 ސިކުންތު

މައުސޫމް ސަލީމް

ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ހޮވުމަށް ޕީ.އެސް.އެމްއިން މިއަހަރު ކުރިއަށްގެންދިޔަ މުބާރާތުގައި ފަނޑިޔާރުންގެ ފަރާތުން އޮޅުވާލުންތަކާއި ބޭއިންސާފު ކަންތައްތަކެއް ހުރިއިރު، ލިބުނު ނަތީޖާއާ މެދު ހިތްހަމައެއްނުޖެއެވެ. އަދި ނަތީޖާ ގަބޫލުވެސްނުކުރެވެއެވެ.

މުބާރާތެއްގެ ތެރޭގައި ފެނިގެން ގޮސްދާނެކަމަށް ގަބޫލުނުކުރެވޭ ގިނަ "ކަންތައްތަކެއް" ހުރިކަމަށް އަޅުގަޑުށް ފާހަގަކުރެވެއެވެ.އެގޮތުން އެ މިބާރާތުގެ ސެމީފައިނަލުގައި ކިޔަވަން ޖެހޭ ތަން ކަނޑައެޅުމަށް ނެގި ގުރުއަތުލުމުގައިވެސް އޮޅުވާލުންތަކެއް ފާހަގަކުރެވެއެވެ. އެއީ މުބާރާތުގެ އެހެން ރައުންޑުތަކުގައި ގުރުއަތު ނަގަމުން ދިޔައީ ޕީއެސްއެމްގެ މުވައްޒަފުނެވެ. ނަމަވެސް އާންމުކޮށް ގުރުއަތުލާ އުސޫލާ ޚިލާފަށް ސެމީ ފައިނަލްގެ ދެ ޓާސްކެއްގެ ގުރުއަތުލުންނެގީ އިސްފަނޑިޔާރެވެ.

އެކެއް، ދޭއް، ތިނެއް، ތަރުތީބު ނަމްބަރުތަކެއް ނެގީ. ނަގާފަ ފަނޑިޔާރު މި ބުނަނީ އެކެއް ދިމާވީ ކޮންބޭފުޅަކަށްހޭ، ދޭއް ދިމާވީ ކޮން ބޭފުޅަކަށްހޭ، އެއަށްފަހު ކިޔަވަންޖެހޭތަން ފަނޑިޔާރު މިބުނަނީ، އަޅުގަނޑުމެނަކަށް ނޭގެ އޭގަ އޮތީ އެ ފަނޑިޔާރު އެ ބުނާ ސޫރަތްކަމެއްވެސް. ކިޔަވަންޖެޙޭތަން ގުރުއަތުލާއިރު ގަނޑުކޮޅެއްގައި ލިޔެފަވެސް ބޭއްވިދާނެ. އޭރުން ޝައްކުއުފެދެން ޖާގައެއް ނޯންނާނެއެވެ.

ދެން އަނެއްކާ އެގޮތަށް ގުރުއަތު ނެގިއިރުމި ދިމާވި ގޮތަކީ އަޅުގަނޑު ފިޔަވާ އެހެންބައިވެރީން ކިޔަވަންޖެހުނީ އޭގެ ކުރީރޭގެ ކިޔަވާފައި ހުރި ސޫރަތްތަކުގެ ހަމަ އެއާޔަތްތައް. ތަފާތަކީ ބައިވެރިޔާ ބަދަލުވުން. މިސާލަކަށް ޖުމްއަތް ސޫރަތުގެ އެކަކުން ފެށިގެން ހަތަކާއި ހިސާބަށް ބައިވެރިޔަކު މުބާރާތުގެ ކުރީ ރައުންޑުގައި ކިޔެވިތަން ސެމީގައި މި ޖެހުނީ އެހެން ބައިވެރިޔަކަށް. އެހެން ބައިވެރިންނަށް އިއްތިފާޤުން މިގޮތަށް ދިމާވިއިރު އަޅުގަނޑަށް އެކަނި މި އިއްތިފާގު ދިމާނުވުން މިއީކީ ބުއްދި ޤަބޫލުކުރެވޭނެ ކަމެއްނޫން. އަދި މިކަމުގައި އިސްފަނޑިޔާރު އިންސާފުން އެއްކިބާވެފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެއީ ބޮޑު ހަތިމެއް އޮންނައިރު އިއްތިފާގަކުން ހަމަ ކުރީ ކިޔެވި ސޫރަތްތައް އެހެން ކުދިންނަށް ޖެހޭނެކަމަކަށް ގަބޫލެއް ނުކުރަން ޤުރުއަތުގައި އޮޅުވާލުން އުޅޭކަމަށް އަޅުގަނޑު މިދަންނަވަނީ އެހެންވީމައެވެ.

ބައިވެރިންގެ ކިޔެވުމާއި އެހެނިހެން ކަންތައްތަކާއި ގުޅޭގޮތުން، ފަނޑިޔާރުން ކޮމެންޓް ކުރުމުގައިވެސް މައްސަލަތަކެއް އެބަހުއްޓެވެ. ގުރުއަތުން މި ހޮވަނީ ކޮމެންޓް ކުރާނެ ޖަޖަކު. ދެން އެގޮތަށް ދިމާވީމަވެސް އެންމެ ރެޔަކު އަޅުގަނޑަށް އެހެންމީހަކު ކޮމެންޓް ކުރީ. އިސްފަނޑިޔާރަކަށް ހުންނަވާ ބޭފުޅާ މި ހައަދަވާ ގޮތަކީ އަޅުގަނޑަށް ކޮމެންޓުކުރުމަށް ގުރުއަތުން އެހެން ފަނޑިޔާރަކާއި ޖެހުމުންވެސް އިސްފަނޑިޔާރު އެބާރު ނަންގާވާ އޭނާ އަޅުގަނޑަށް ކޮމެންޓުކުރަމުން ގެންދިޔައީ. އަޅުގަނޑު ފިޔަވައި އެހެން އެއްވެސް ބައިވެރިޔަކާއިމެދު މިގޮތަށް ކަންތައް ކޮއްފައެއް ނުވެއެވެ.

އަޅުގަނޑުގެ ކިޔެވުމަށް ކޮމެންޓް ކުރާ ގޮތަށް ބަލާއިރު، މީހުންގެ ކުރިމަތީގާ "އަގުވައްޓާލުމަށް" ކޮމެންޓް ކުރާ ކަހަލަ ގޮތަކަށް އަޅުގަނޑުގެ ޕާރފޯމެންސްތަކަށް ކޮމެންޓް ކުރިކަމަށް ބެލުންތެރިންނަށްވެސް ފާހަގަވާނެއެވެ.ވަރަށް ގިނަ ބެލުންތެރިންވެސް އަދި ގުރުއާނާގެ ދާއިރާގެ ރާއްޖޭގެ އެންމެ މަޝްހޫރު ޤާރީންވެސް ގުޅުއްވާފަވެސް އެކަން ފާހަގަކުރެއްވި. ކީއްވެހެއްޔޭ އޭނާ އަބަދު ތިބޭފުޅާއަށް އެގޮތަށް ކޮމެންޓް ކުރަނީ. ސެމީފައިނަލްގެ ޝޯގައިވެސް އަޅުގަނޑާއި އެހެން ބައިވެރިޔަކަށް ތަޖުވީދަށް ވަކި ފަނޑިޔާރަކު ކޮމެންޓުކޮށްފައި ރާގަށް އިސްފަނޑިޔާރު ވަކިން ކޮމެންޓުކުރީ. ނަމަވެސް އެހެން ބައިވެރިންނަށް ރާގުގެ ބަޔަށް އިސްފަނޑިޔާރު ކޮމެންޓު ކުރުމަށްފަހު ދެން ތަޖުވީދުގެ ބަޔާއިއެކުގައި ނިމުނީކަމަށް ބުނެ ނިންމަވާލެއްވި. މީވެސް ވަރަށްބޮޑު ތަފާތުކުރުންކަމެއްކަމަށް ބެލުންތެރިންނަށްވެސް ވަނީ ފާހަގަކުރެވިފައެވެ.

ބައެއްފަހަރު އެ ފަނޑިޔާރު ކޮމެންޓްކޮށްފައި ހުރީ، ހުރި ކަންތައްތައް ނެތް ކަންތައްތައްތަކަމަށް ބުނެ، އަދި ނެތްކަންތައްތައް ހުރި ކަންތައްތައްކަމަށް ދައްކަން މަސައްކަތްކުރާ އުސޫލުން. އައިޔޫއެމްއާ ގުޅިގެން މި ބޭފުޅުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ. އައިޔޫއެމްގެ ދެ ގާރީއަކު އަބަދުވެސް އޮބްޒާވް ކުރުމަށްޓަކައި ވަޑައިގެން ތިއްބަވާ، އެ ބޭފުޅުންވެސް މިކަން ފާހަގަކުރެއްވިއެވެ.

އައިޔޫއެމްގެ ކްލާސްރޫމެއްގައި މުބާރުގެ ބައިވެރިން ތިއްބައި ޓާސްކު ހަވާލުކުރުމަށް އިސްފަނޑިޔާރު ވަޑައިގެންނެވި ދުވަހެއްގައި ބައިވެރިންނާއި މުޚާތަބުކޮށް ވަކި ބައިވެރިޔެއްގެ ނަން ބުނުމަށްފަހު ފަނޑިޔާރު ވިދާޅުވި އެބައިވެރިޔާ މުބާރާތުގައި ދެމިހުރުމަކީ އެފަނޑިޔާރަށް ވަރަށް މުހިންމުކަމެއްކަމަށް. މިކަމަށް ހުރިހާ ބައިވެރިންވެސް ހެކިވާނެ. އަދި މިގޮތަށް ވަކި ބައިވެރިޔަކު މުބާރާތުގައި ބެހެއްޓުމަށް އިސްފަނޑިޔާރަށް މުހިންމުވުމަކީ ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

ނަތީޖާ ގަބޫނުކުރާކަމަށް އަޅުގަނޑު ބުނުމުން، ފަނޑިޔާރުން ފާހަގަކުރެއްވީ ތަފްސީރުގެ ބައި ކުރިއަށްދިޔައިރު، ވަގުތަށް ވުރެ ފަހުން ނިންމާލިކަމަށްކަމަށެވެ.އަޅުގަނޑުގެ ވާހަކައަކީ، އެރޭ މެހެމާނެއްގެ ގޮތުގައި ވަޑައިގެން އިންނެވި ތަފްސީރުގެ ހާއްސަ ބޭފުޅަކު. އެ ބޭފުޅާ ވިދާޅުވި، އެހެން ބައިވެރިޔަކު ހުށަހެޅީމަ އެއްގޮތަކަށްވެސް މައުޟޫ ސާފެއް ނުވެޔޭ. އެއްގޮތަކަށްވެސް ހުށަހަޅާ ދެވުނުކަމަކަށް ތިމަންނަ ގަބޫލުއް ނުކުރަމޭ. އެހެންވެއްޖެއްޔާ ދެބައިކުޅަ އެއްބައި ހުށަހެޅުނު މީހަކަށްވުރެ އެއްގޮތަކަށް ވެސް ހުށަނޭޅުނުމީހާ ދަށްވާނެކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.

އަދި އެރޭ ހިފްޒުގެ ބައިގަވެސް ކުށް ނުލާ ކިޔެވުނީ، އެހަމައެކަނި އަޅުގަނޑަށް ކަމަށާއި، ދެން ތިބި ހުރިހާ ބައިވެރިންވެސް އެންމެ ފަހު ސުވާލުގައި އެ ބޭފުޅުން ދިޔައީ ދެލިގަނޑުގެ ކުށް ޖެހިގެންނެވެ. ދަސްވެފައި ހުރިކަން މިންކުރަނީ އެމީހަކު ކިޔަވާކިޔެވުމުގައި ކުށެއް ނުޖެހި ކިޔަވާލާ ކިޔާލުމުގެމަށްޗަށެވެ. އެހެންވީއިރު މިބައިންވެސް އަޅުގަނޑު ދަށްވާކަށް ނުޖެހޭނެއެވެ.

ފަނޑިޔާރުން ދިން ދިގުރާގަށް ކިޔެވުމުގެ ޓާސްކުތަކުގައިވެސް ބައްޔާތީ ރާގަށް ގުރުއާން ކިޔަވަން ދިންއިރު، އަޅުގަނޑު ކިޔެވީ ބައްޔާތީ ރާގަށެވެ. އަދި އަޅުގަނޑު އެ ރާގުތައް ގެނައި ގޮތް ވަރަށް ރަނގަޅުކަމަށް އެރޭ އެތަނަށް ވަޑައިގަތް ހާއްސަ މެހްމާނުވެސް ފާހަގަކުރެއްވިއެވެ. އަދި އެހެން ބައިވެރިންނަށް ކޮމެންޓު ކުރިއިރު އެ ބޭފުޅުންނަށް ރާގުތައް ރަނގަޅަށް ނުގެނެވުނުކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖަޖުން ކޮމެންޓް ކުރީ، ހަވާލުކުރެވިފައިވާ ޓާސްކް ފުރިހަމަވިތޯ ނުވަތަ ނޫންތޯ ބަލައިގެން ނޫންކަމަށް ބެލުންތެރިންނަށް ވެސް ފާހަގަވާނެއެވެ.

އެ ޓާސްކުގަ ފާހަގަކޮށްލަން ޖެހެނީ ކަނޑައެޅިފައިވާ މަސައްކަތް ކުރީ ފުރިހަމައަށްތޯ. ވިދާޅުވެފައި މި ހުންނަނީ ކުރީރެއަށްވުރެ ރަނގަޅޭ. އަސްލު މިއުޅެނީ ކުރީރެއަށްވުރެ ރަނގަޅުވޭތޯ ބަލާކަށް ނޫން. މިއުޅެނީ ހަވާލުކުރެވުނު ޓާސްކް ފުރިހަމަ ވިތޯ ބެލުމަށެވެ. އެހެންވީމާ ކޮމެންޓު ކުރަންޖެހޭނީ އަސްލު ޓާސްކުގައި ހުރި މައްސަލަތަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.
އަޅުނޑުގެ މިޝަކުވާތައް، ނަތީޖާ ގަބޫލުނުކޮށް ވަކިވުމަށްފަހު ޕްރޮޑިއުސަރަށްވެސް ހުށަހެޅީމެވެ. ޕްރޮޑިއުސަރގެ ޖަވާބަކީ ނަތީޖާ ބަދަލެއް ނުވާނެކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ތިކަންކަމާ ވިސްނާނެ ކަމަށެވެ.

މުބާރާތުގެ ޕާރފޯމެންސްއަށް ބަލާއިރު އަޅުގނޑު ކަޓަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ. އަދި އެކަން ރާއްޖޭގެ މަޝްހޫރު ބޮޑެތި ބައެއް ޤާރީންނާއި، ގިނައަދަދެއްގެ އާންމުންވެސް ދަނީ ފާހަގަ ކުރަމުންނެވެ. މިހެން މިދިމާވީ މުޅި މުބާރާތް ބައެއްކަންތައްތައް އެއްފަނޑިޔާރެއްގެ މުށުތެރޭގައި ބާއްވައިގެން ކުރިއަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.އިސްވެދިޔަ ކަންކަން ފޫބެއްދުމަށް ޓަކައި ފައިނަލްޝޯ ދެއްކި ރޭގައި ފަނޑިޔާރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ގުރުއަތުގެ މައްސަލާގައި އެބޭފުޅުން ކަންތައްތަށް ކުރެއްވީ އިންސާފުން ކަމަށް ދެއްކެވުމަށްޓަކާ ވާހަކަފުޅު ދައްކަވަމުން އިސްފަނޑިޔާރު ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް ކޮންމެބައިވެރިއަކަށްވެސް ކިޔަވަންދީފައިވަނީ ޤުރުއާނުން ކަމަށާއި އެހެންއެއްޗެއްދީފައިނުވާނެ ކަމަށެވެ.

އަޅުގަނޑުގެ ޝަކުވާއަކީ ކުރީރޭ ކިޔެވި ބައިތައް އެހެންބައިވެރިންނަށް ލިބުނުއިރު އަޅުގަނޑާމެދު ކަންތައް ކޮށްފައި ވަނީ ތަފާތުގޮތަކަށް ކަމަށްވުމެވެ. އަޅުގަނޑަށް ކިޔަވަން ދިމާވީވެސް މުޅިން އެހެން ބައިތަކެވެ. އަދި މިގޮތަށް ގަސްތުގައި ފަނޑިޔާރުން އަމަލު ކުރުމަށްފަހު ތިމަންނަމެން ކިޔަވަން ހަވާލުކުރީ ޤްރުއާނުންނޭ ބުނުމަކީ ގުރުއަތުގައި އިންސާފެއްނެތްކަން ހާމަވެގެންދިޔަކަމެކެވެ.

އަދި މިމުބާރާތުގެ އިންސާފުކުރުމުގައި އެއްފަނޑިޔާރެއްގެ ކޮންޓްރޯލް ނޯންނާނެކަމަށް އިސްފަނޑިޔާރު ވިދާޅުވިއިރު އަޅުނޑުގެ ޕާރފޯމަންސް އަށް ކޮމެންޓް ކުރުމުގައި ގުރުއަތުން ދިމާވި ފަނޑިޔާރުގެ އަތުން އެބާރުނަންގަވާ އިސްފަނޑިޔާރު އަޅުގަނޑަށް ކޮމެންޓު ކުރަމުން ދިޔައީ ކީއްވެތޯ ސުވާލުއުފެދެއެވެ. އަދި އެންމެރެއެއް ފިޔަވާ ހުރިހާރެއެއްގައިވެސް އިސްފަނޑިޔާރު އަޅުގަނޑަށް ކޮމެންޓު ކުރަމުންދިއުން އެއީ އިއްތިފާގެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން މިކަމުގައި އިސްފަނޑިޔާރު ފުރިހަމަކޮންޓްރޯލް އޮތްކަމަށް އަޅުގަނޑުގެ އިތުރުން ބެލުންތެރިންނަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިމުބާރާތަކީ އެކިކުންފުނިތަކުންނާ އަމިއްލަ ފަރުދުން ބޮޑު ހޭދައެއް ކޮށްގެން ބާއްވާ މުބާރާތަކަށް ވީއިރު، މުބާރާތުގެ އިންސާފްވެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ކަންކަން ހުރެގެން ނުވާނެކަން އަޅުގަނޑު ދެކެމެވެ. އަދި މުބާރާތުގެ ބައިވެރީން މުބާރާތް ކާމިޔާބު ކުރަން ކުރާ މަސައްކަތަށް ވެސް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އިރު އިންސާފް ކުރުމުގައި ހަމައިންނައްޓާލާ މީހުން ހަމަމަގަށް އަޅުވާނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށްވެސް ދެކެމެވެ.

ހުރިހާ ކަމެއް ސިއްރުން ބާއްވައިގެން ލައިވްކުރާގަޑީގައި ޖެހޭ ޓައިޕިން މިސްޓޭކަކުން ނަތީޖާ ބަދަލުވާ ޒަމާން ވަނީ މާޒީވެގޮސްފައެވެ. ކަންކަމުގައި އިންސާފް ހޯދޭނެ މަގުތައްވެސް މިފަދަ އަގުބޮޑު މުބާރާތްތައް އިންތިޒާމްކުރުމުގައި އޮންނަން ޖެހޭނެއެވެ.

މައްސަލަ ބަލާ ކޮމިޓީއެއްއޮވެ މިމައްސަލަތަށް ބެލުނުނަމަ މިނަތީޖާ ބަދަލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

އަޅުގަނޑު މިވާހަކަތައް ހާމަކުރި ސަބަބަކީ ކުރިއަށް ހުރި މުބާރާތްތަކަކީ މިފަދަ މައްސަލަތަށް ނެތް އިންސާފުވެރި މުބާރާތްތަކަކަށް ވުމަށް އެދޭތީއެވެ. ޕީއެސްއެމް އާއި ސަރުކާރުން މިކަމަށް ދޭ ސަމާލުކަމާއި ކުރާ ހޭދައިގެ ފައިދާ ވީހާ ރަގަޅުގޮތުގައި ބައިވެރިންނަށް ލިބުމަށް އެދޭތީއެވެ.

(''ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި'' މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށް ކަޓައިގެން ދިޔަ ދެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއްކަމަށްވާ ކ. ކާށިދޫ، ޝަބްނަމްގެ މައުސޫމް ސަލީމަކީ ރާއްޖޭގެ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް މަތީ ކާމިޔާބުތަކެއް ޙާޞިލްކޮށްފައިވާ މުޅި ރާއްޖެއަށް މައްޝޫރު ޤާރީއެކެވެ. ޤުރުއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުވާ އެތައް ކާމިޔާބުތަކެއް ހޯދާދީފާއިވާ ޤާރީއެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްމަންސޫރް 2017-07-03 05:29:55

ތިޔަފަ ބޮޑެތި މުބާރާތް ތަކަށް އަރުވަންވެސް ހެއު ނުވާނެ ޝިފާއު. ޤުރްއާނު ގެ ދާއިރާގަ އުޅޭމީހުންނަށްވެސް ހުތުރު.

އަހުމަދު 2017-07-03 05:32:24

ތިޔަ ޝިފާުއު ވައްދައިގެން ކުރާ އެއްވެސް ކަމެއް ސަހަލު ގޮތަކަށް ނުދާނެ. އެހެރީ ކުދިންނަށް ކޮއްލާ ކޮމެންޓްސް ހުންނަފާޑު!

އިއްބެ 2017-07-03 05:38:23

ސިފާއު އައްވުރެ މޮޅު

އަލިބެ 2017-07-03 05:40:26

ށިފާއު ކަހަލަ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ކޮއްގެން ނުވާނެ ތިޔަފަދަކަންކަން

އިސްފަނޑިޔާރު 2017-07-03 05:43:07

ވަރުގަދަ އިސްފަނޑިޔާރެއްދޯ.<br /> އަސްލުވެސް ތިޔަބުނީ ވ ވ ވ ވ ވ ވ ފާހަގަ ކުރެވުނު ކަންތައްތަކެއް މައުސޫމް ސަލީމް. އަަހަރެންވެސް ހީ ނިކުރަން ކަޓާނެ ކަމައް

Aaisha 2017-07-03 06:22:42

Thi Shifau ge vaththaru e ee komme raki ves genesfa inna mehmaan Mausoom ah varah ragalhah comment kuranee kuranee varah ragalhu vaahaka eh Mausoom e dhekkevee

ޢާއިޝާ 2017-07-03 08:21:42

މައުސޫމުގެ ވާހަކަތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ތާޢީދު ކުރަން. މައުސޫމަކީ ވަނަ ޙައްޤު ފަރާތެއް. މިފަހަރުގެ މިބުާރާތަކީ ވަރަށް ބޮޑަށް އިންސާފުން އެއްކިބާވެފައިވި މުބާރާތެއްކަން ފާހަގަކުރަން.

ހަގީގަތް 2017-07-03 08:41:28

މި ގަުމުގެ އެއްވެސް ކަމެއް އިނސާފުން އަދި އެކަން އޮންނަ ގޮތަށް މިހާރ އެއްވެސް ކަމެއް ހިނގާތަ<br /> އޮޅުވާ ލުމާއި މަކަރު ހަދުމާއި ނޫން ކަމެއް ނެތް ,

މުހައްމަދު ނަޢީމް 2017-07-03 09:55:31

ޤާރީންނަކީ ކޮންބައެއްކަން އެބައެނގެންޖެހޭ. ޤާރީންގެ ޝަރުޠުތަޢް (މަދުވެގެން 4 ނުވަތަ 5 ޤިރާއަތަށް) ކިޔަވަން އެބައެނގެންޖެހޭ. ޢާޞިމްގެ ޤިރާއަތަށް ފިޔަވައި އެހެން ޤިރާއަތަކަށް ކިޔަވަން އެނގޭ މީހަކު ދިވެހިރާއްޖޭގައި އެބަހުރިތަ؟ ދިވެހިރާއްޖޭގައި ޙަފްޞު ރިވާޔަތް ފިޔަވައި އެހެން ރިވާޔަތަކަށް ކިޔަވަން އެނގޭ މީހަކު އެބަހުރިތަ؟ ދެން ކިހިނެއްވާ ޤާރީންނެއް؟ ނޭނގޭ ބަޔަކު ކޮންމެ އެއްޗެއްކިޔަސް ޤަބޫލުކޮށްފާނެ. މީހަޤީޤަތަކީ. ދިރާސާކޮށްލިޔަސް މިކަން ޔަޤީންވާނެ. އަޅުގަނޑުވެސް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި ޤުރްއާން މިކިޔަވަނީ ދިވެހިބަހުން. ޢަރަބި އަޑުން ޢަރަބި ރާގުގައި ކިޔަވަން ދަސްކުރަން އެބަޖެހޭ.<br /> މި ޝޯ ގެނެސްދޭން ފެށުނީއްސުރެ މިހާތަނަށް އެންމެންވެސް މިކިޔަވަނީ ހަމައެއްގޮތަކަށް. ހަމައެއް ރާގެއް. ޚުޞަރީގެ ރާގު ކަމަށްބުނެ އެންމެންވެސް މިކިޔަވަނީ އެމީހަކަށް ފެންނަގޮތަކަށް.<br /> މައުސޫމްގެ ކިޔެވުންވެސް ހަމަ އެހެން. ބައްޔާތީގެ އެއްވެސް މިންގަޑަކަށް ނުފެތޭ. ހުރިހާ ބައެއް މިކްސް ކޮށްގެން ކިޔަވަނީ. މުބާރާތަކުން ވަނައެއް ލިބިދާބެ. އޭގެ މާނައަކީ ކިޔަވަން އެނގޭވާހަކައެއް ނޫން. މައުސޫމްއަކީ ކިޔަވާ ދިނުމުގައި ވަރަށް ފަރުވާކުޑަ މީހެއް. ކްލާހެއްގައި ކިޔަވަދިންތަން އަހަރެން ދުށިން.

އަހުމަދު 2017-07-03 10:54:36

މިފަހަރު މި ބޭއްވުނީ ފުރަތަމަ މުބާރާތްތޯ? ބަލި ގަބޫލުކުރަން ދަސްކުރަންޖެހޭ.

ބަލާމީހާ 2017-07-03 11:19:29

މިކަމުގައި އިސްފަނޑިޔާރު މިވަނީ ވަރަށް ބޮޑަށް ޚިޔާނާތްތެރި ވެފަ. ހަސަދަ ވެރިވުމަކީ ވަރަށް ނުބައި ކަމެއް. ފަނޑިޔާރު ކަމަށް ކުފޫ ހަމަވާ މީހެއް ނޫން ތީ.

Aminath 2017-07-03 11:21:23

!Saabahey dhariyaa

Abdhulla 2017-07-03 11:44:14

Hajam pls

Ahmadhuge dhiya 2017-07-03 12:38:59

Alhugandah thafathukurun gengulheykan meege 2ahareh kurinves faahagavi.mifahar v bodah down faahaga began thiya.keeikuranee..meeedhvehiraahje.ehves kameh rishvathaa nulaa kuriahkah nudhanr.magamuge nufoozu beynunkohgen knmefadha jareemaehves hingafaane.mifaharu thiyamubarathuga siyaasee kulavaruves jehigen dhiyakamah gaboolu kurevey.t

ސަމަރޭ 2017-07-03 12:46:30

އެއްވެސް ކަމެއްގަ އިންސާފެއް ނޯމްނާނެ ބުރޯ މި ރާއްޖެ އަކު

Dharivaru 2017-07-03 13:13:01

Varah gina mubaraihthakuge fandiyaarukan kurahvaafaiva beyfulheh wes me.

2017-07-03 13:14:47

Faahaga kurevunu. Hovigoiey kamaku nudhey. Kiyevumah balaigen hovinama 1 vana libeynee ehen meehakah. Insaafu kida.

dhe 2017-07-03 13:41:36

laari gadeh libeythee dho baiveriveeves. hajam kuran dhaskobbala

ވަހީދު 2017-07-03 22:08:25

ބައެއް މީހުންނަށް ވަކި ހިސާބަކުން ތިމާގެ އަމިއްލަ ނަފްސު ފެންނަން ފަށާނެ. އެހިސާބުން އެމީހާ މައްޗަށް ދިއުމުގެ ބަދަލުގައި ފަހަތަށް ދާތަން ފެންނަން ފަށާނެ. މުބާރާތުގެ އިސްފަނޑިޔާރު ތިބޭފުޅާއި އަޅާގަތް ސަބަބު ބުނެދީބަލަ. އަޅެ?